ދީނީ ސުވާލެއް އޮތީތަ؟
ހާދިސާ
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިނދިއްޖެ

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކެެއްގެ ފައި ބިނދި ކަށިގަނޑު ބޭރަށް ނުކުމެއްޖެ އެވެ.

 

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު އާޝިޔާ ސޯލިހު މިއަދު ވިދާޅުވީ، އެ އެކްސިޑެންޓެއްގައި ފައި ބިނދުނީ 61 އަހަރުގެ ފިރިހެނެއްގެ ކަމަށާއި މިއަދު މެންދުރުފަހު 2:55 ގައި އޭނާ ފުލުހުންގެ ވެހިކަލެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

 

އާސަންދައިން ބުނީ އޭނާ ގެންދިޔައިރު ވާތުފައިގެ ކުޑަހުޅުގެ ކަށިގަނޑު ބިންދައިގެން ގޮސް، ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށެވެ.

 

މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭ މަތިން ވޭނަކާއި ސައިކަލެއް ޖެހި އެވެ. އަނިޔާވެފައި ވަނީ ސައިކަލުގައި އިން މީހާ އަށެވެ. އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ސަރަހައްދުގައި ހައިވޭ މަތީގައި ހަރަކާތްތެރިވި ފުލުހުންގެ ވެހިކަލެއްގައެވެ. ބިންދައިގެން ދިޔައީ ސައިކަލު ދުއްވަން އިން ގއ. ކޮލަމާފުށީ މީހެއްގެ ފައެވެ.

 

މިއަދު ހެނދުނު ހުޅުމާލޭގައި ވެސް ސައިކަލަކާއި ބައިސްކަލެއްޖެހި އެކްސިޑެންޓެއް ހިނގައި ދެބައި އުމުރުގެ ދެ ފިރިހެނުންނަށް އަނިޔާ ވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top