ރާއްޖޭގެ އެންމެ މަޤްބޫލު ޖިމް، ޓީއެފްޖީން އިންތިޒާމުކޮށްގެން މިހާރު ލ. ގަން-ފޮނަދޫ ސަރަހައްދުގައި ކުރިއަށްގެންދާ މެރަތަންގެ ފަސް ކިލޯމީޓަރު ދުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓީއެފްޖީ ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވެލެއްވިއިރު އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް މި ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
#Live | #HadhummathiVisit
President @ibusolih and First Lady participates in the 5km TfG Run held at #Gan island pic.twitter.com/c7mF5KevCJ— Presidency Maldives (@presidencymv) January 26, 2019
ޓީއެފްޖީން އިންތިޒާމްކުރާ ދުވުމުގައި ފަސް ކިލޯމީޓަރުގެ ދުވުމާއި، 10 ކިލޯމީޓަރު ދުވުމާއި، ހާފް މެރެތަން އަދި މެރެތަން އޮންނާނެއެވެ.
މިފަހަރުގެ މެރަތަންގައި 500 ދުވެރިންތެރިން ބައިވެރިފައިވާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދުވުންތެރިންވެސް ބައިވެރިވެއެވެ. މި މެރަތަން ކުރިއަށްދަނީ ހައްދުންމަތީ ގަން، މާންދޫ، ކައްދޫ އަދި ފޮނަދޫ ގުޅުވައިދޭ ލިންކް ރޯޑްގައެވެ.

