ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަސާޖް ކޮށްލަން ވެސް ރޮބޮޓް ތައް!

ފަންނިއްޔާތު (ޓެކްނޮލޮޖީ)ގެ ރޮނގުން އިންސާނުން ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ގިނަގުނަ ކަންކަމުގައެވެ. އެގޮތުން މަސާޖު ކުރުމަށް އިންސާނުންގެ ބަދަލުގައި ރޮބޮޓްތައް ބޭނުންކުރަން ފެށުމުގެ ކޮޅުމަތި މިހާރުމިވަނީ ފެންނާން ފަށާފައެވެ.

މަސާޖް ރޮބޮޓްތައް ތަޢާރަފްވެ ބާޒާރަށް ނުކުތުމާއެކު މަސާޖުކުރާ ސިނާޢަތަށް ލޮޅުމެއް އައުމަކީ ކައިރި ކުރިމަގެއްގައި ފެންނާނެ ކަމެކެވެ. އެހެނީ މިހާރު މިވަނީ ‘ޕްރޮޓޮޓައިޕް ރޮބޮޓިކް މަސާޖް ތެރަޕިސްޓުން’ ނުވަތަ މަސާޖް ކޮށްދޭ މަސްނޫޢީ އަތްތަކެއް ހިމެނޭ މެޝިނެއް އުފައްދާފައެވެ.

މިފަދަ ރޮބޮޓެއްގެ އެހީގައި މަސާޖް ކޮށްލުމަކީ ތަޖްރިބާކޮށްލެވޭނެ ތަފާތު އާހިތަ (އެޑްވެންޗަރ) އެއް ކަމުގައި ނޫނީ ނުވާނެކަން މި ވީޑިއޯ ބަލައިލުމުން އެނގޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top