ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ އިނީ ބަލިވެ!

މަޝްހޫރު ލަވަކިޔުންތެރިޔާ، މޯލްޑިވިއަން އައިޑަލް ތިން ސީޒަންގެވެސް ފަނޑިޔާރު، އުމުރުން 33 އަހަރުގެ މަރިޔަމް އުނޫޝާ (ކިޑީ)ގެ ހަޔާތަށް “ކިޑެއް” އަންނަން އުޅޭކަން އެނގޭހެއްޔެވެ؟ އާނއެކެވެ. އުނޫޝާ އާއި އޭނާގެ ފިރިމީހާ ހަމީޝްގެ ކައިވެންޏަށް 10 އަހަރު ވީ ފަހުން އުނޫޝާ އިނީ ބަލިވެއެވެ. ބަނޑަށް މިހާރު ހަމަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

“ރާއްޖެ އެމްވީ” އިން ރިޕޯޓްކޮށްފައިވާގޮތުން އުނޫޝާގެ ބަނޑަށް މިހާރު ހަ މަސް ވެއްޖެއެވެ. ނަމަވެސް އެކަން ކަށަވަރު ކުރުމަށް އުނޫޝާ އާއި އިބްރާހިމް ހަމީޝް އަށް ގުޅައިލުމުން ޖަވާބެއް ނުދޭ ކަމަށްވެސް ރާއްޖެ އެމްވީން ރިޕޯޓްކުރެއެވެ.

އުނޫޝާ އަކީ ދިވެހި މޫސީޤީ އާއިލާއެއް ކަމަށްވާ ބެރުގޭ އާއިލާއަށް ނިސްބަތްވާ ފަންނާނެކެވެ. މަންމަ އާއި ބައްޕަ އަކީ ‘އެންޓާރިސް” ބޭންޑުގައި އެންމެ ފާހަގަކޮށްލެވޭ ދެ ފަންނާނުންނެވެ. ޝަފީޤާ އާއި އިމާދު އިސްމާޢީލް އެވެ. އެންމެ ތުއްތު އިރުންފެށިގެން ލަވަކިޔުމުގައި ހަރަކާތްތެރިވަމުން އަންނަ އުނޫޝާ މި ދާއިރާގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ، ތަފާތު ސްޓައިލްގައި ލަވަކިޔަން ފެށިފަހުންނެވެ. ނަމަވެސް ސްކޫލް ދައުރުގައިވެސް ލަވަ މުބާރާތްތަކުން އުނޫޝާ އަކީ ރަން ވަނަތައް ހާސިލްކޮށް ވިދަން ފަށާފައިވާ ފަންނާނެކެވެ.

މުނިއަވަސް އިން އެދެނީ އުނޫޝާ އާއި ހަމީޝްގެ ކައިވެނީގެ ގަހުގައި އަޅާ މޭވާއަކީ ސިއްހަތު ސަލާމަތުންހުރި، ލޯބިލޯބި މޭވާއަކަށް ވުމުގެ ހެޔޮ ތަޢުފީޤް، މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކުރެއްވުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top