ވީމީޑިއާގެ މުނިނިފޫހިފުލުވުމުގެ ޑިވިޝަނުން އެންމެ ފުރަތަމަ އުފައްދާ ފިލްމު “ދައުވަތު”ގެ ފަސްޓް ލުކް ރޭ ދައްކާލައިފިއެވެ. “ދަޢުވަތު”ގެ ފަސްޓްލުކް ދައްކާފައިވަނީ ވީޑިއާ އާއި ޔޫއްޕެ ޕްރޮޑަކްޝަން، އަދި ޝައި ޕްރޮޑަކްޝަނުން ރޭ ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.
ވީމީޑިއާ އިން “ވީ އެންޓަޓެއިމެންޓް ޑިވިޝަން”ގެ ނަމުގައި އުފެއްދި އައު ޑިޕާޓްމަންޓުން ދިވެހި ފިލްމު އުފައްދަން ފަށާނެ ކަމަށް އިޢުލާނުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 05 ގައެވެ. ވީމީޑިއާގެ ދިހަވަނަ އަހަރީދުވަހާ ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވީމީޑިއާއިން އުފައްދާ ފުރަތަމަ ފިލްމަކަށް އިޢުލާނުކުރީ “ދައުވަތު”އެވެ.
ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދަޢުވަތު”ގެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިންމައިލެވިފާ ވާއިރު އެ ފިލްމުގެ ފަސްޓްލުކް ލޯންޗްކޮށްދެއްވީ ވީމީޑިއާގެ މެނޭޖިން އެޑިޓަރ އާމިލާ އާދަމް އެވެ. ފަސްޓްލުކް ލޯންޗްކޮށްދެއްވަމުން އާމިލާ ވިދާޅުވީ ވީމިޑިއާއަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަރަށް ބޮޑަށް އިސްކަމެއްދީގެ ހިންގަމުން އަންނަ މީޑިއާއެއް ކަމަށެވެ. އާމިލާ އިތުރަށް ވިދާޅުވީ ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސް ފަރާތްތަކާއި ގުޅިގެން މިފަދަ މަސައްކަތެއް ކުރަން ފެށުމުންވެސް އުފާކުރައްވާ ކަމަށެވެ.
https://www.facebook.com/moosa.ganee/videos/211273613165415/?q=dhauvathu%20movie&epa=SEARCH_BOX
ބިރުވެރި ކަންތައްތަކެއް ދައްކައިދޭ “ދައުވަތު”ގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއުގެ އިތުރަށް ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، އުއްމީދީ ތަރި އަޙްމަދު އީސަ (އާނަންދު) މަރިޔަމް އައްޒަ އަދި “ފޯޓީ ޕްލަސް” އިން ފިލްމީ ދާއިރާއަށް ތައާރަފްކުރާ އިރޫ ވެސް ފެނިގެންދާނެއެވެ.
ވީމީޑިއާ އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމު “ދަޢުވަތު” ޑައިރެކްޓުކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަދި ވީމީޑިއާގެ ޕްރޮޑިއުސަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ލިޔެފައިވަނީވެސް ޔޫއްޕެ އެވެ.
ފިލްމު ޝޫޓްކޮށްފައިވަނީ ބ. ދަރަވަންދޫގައެވެ.
