ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯޓީ ޕްލަސް” އެބަ އުމައި ހައްދުންމަތި ހެއްވާލާން!

ޔޫއްޕެ ޕްރްޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މިދިޔަ މަހު ސިނަމާކުރަން ފަށާފައިވާ ކާމިޔާބު މެގަހިޓް ފިލްމު “ފޯޓީ ޕްލަސް” ހައްދުންމަތި ހެއްވައިލުމަށް އޭޕްރީލް 18 އިން ފެށިގެން ބައެއް ރަށްރަށުގައި ދެއްކުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި އަލަށް އުފެއްދި ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް”ގެ ހައުސްފުލް ގިނަ ޝޯތަކެއް މާލެއާއި ބައެއް ރަށްރަށުގައި ދެއްކުމަށްފަހު ހުޅުމާލޭގައިވެސް ކާމިޔާބު ޝޯތަކެއް ދައްކާފައިވާއިރު، ލ. އަތޮޅު ހަ ރަށެއްގައި އަށް ރަށުގައި ދިރިއުޅޭ ފިލްމީ އޯޑިއަންސަށް އަމާޒުކޮށް ފިލްމު ދެއްކުމަށް ނިންމާފައިވެއެވެ.

ހައްދުންމަތީގެ ބައެއް ރަށްރަށުގައި “ފޯޓީ ޕްލަސް” ދެއްކުމަށް ހަރަކާތްތެރިވާ ފަރާތުން މުނިއަވަސް އަށް ބުނީ އުއްމީދަކީ ލ. އަތޮޅުގެ ހުރިހައި ރަށެއްގައިވެސް ފިލްމު ދެއްކުން ކަމަށެވެ.

ހައްދުންމަތި ހެއްވައިލުމަށް ލ. އަތޮޅުގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ޝެޑިއުލް އަށް ބަލައިލާއިރު:-

ލ. ފޮނަދޫ – 18 އޭޕްރީލް – ބުރާސްފަތި ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7753137 އަށް

ލ. މާމެންދޫ (ހިތަދޫ އަދި ކުނަހަންދޫ ހިމަނައިގެން) – 19 އޭޕްރީލް – ހުކުރު ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 9904090 އަށް

ލ. ގަން – 20 އޭޕްރީލް – ހޮނިހިރު ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7753137 އަށް

ލ. މާބައިދޫ – 21 އޭޕްރީލް – އާދީއްތަ ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7626412 އަށް

ލ. ދަނބިދޫ – 22 އޭޕްރީލް – ހޯމަ ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 7909686 އަށް

ލ. އިސްދޫ (ކަލައިދޫ ހިމަނައިގެން) – 23 އޭޕްރީލް – އަންގާރަ ދުވަހުގެ ރޭ – ޓިކެޓް ނަންނޯޓްކުރުމަށް ގުޅުއްވާނީ 9685454 އަށް

ހައްދުންމަތީގެ ރަހަތަކާއެކު ތައްޔާރުކޮށްފައިވާ ލ. އަތޮޅު ޝެޑިއުލްގެ ތަފްޞީލަށް ބަލައިލާއިރު، އެންމެ ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ ވެރިކަންކުރާ ރަށް ފޮނަދޫގައެވެ. އެންމެ ފަހުން ދައްކާނީ އިސްދޫގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top