ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނާމާން”ގެ ތިންވަނަ ސީޒަނަށް ތައްޔާރުތަ؟

ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް ކޮންމެ ރަމަޟާން މަހަކު ޗެނަލް13 އިން ދައްކަމުން އަންނަ ބިރުވެރި ސީރީޒް “ނާމާން“ގެ ތިންވަނަ ސީޒަން، އަންނަ ރަމަޟާންމަސް ތެރޭގައި ދެއްކުމަށް ތައްޔާރުވެއްޖެ އެވެ.

މީގެ ކުރިން ހަމައެކަނި ޗެނަލް 13 އިން “ނާމާން” ދެއްކިނަމަވެސް، މިފަހަރު އެ ސިލްސިލާގެ ސެންސަރުނުކޮށް ހުންނަ އެޕިސޯޑުތައް ބައިސްކޯފު އެޕްލިކޭޝަން އިން ބަލާލެވޭނެކަމަށް “ނާމާން” ސީރީޒްގެ ފޭސްބްކު ޕޭޖުން ބުނެއެވެ.

ނާމާން” ސީރީޒްގެ ތިންވަނަ ސީޒަން ގެނެސްދެނީ ‘ބިޓްމެޕް’ އާއި އިމޭޖިނޭޝަން ރިއަލިޓީ އަދި ބައިސްކޯފް ގުޅިގެންނެވެ. “ނާމާން” ސީޒަން ތިނެއްގެ ޓްރެއިލާ އާއްމުކޮށްފައިވާއިރު ޓްރެއިލާއިން ބިރުވެރި އެތައް ކަންތައްތަކެއް ފެނިގެންދެއެވެ.

https://www.facebook.com/Naamaan.series/videos/1066007250253369/

ތިން ވަނަ ސީޒަންގެ ވާހަކަ ލިޔުނީ ހޫދު އިބްރާހީމް އެވެ. މި ފަހަރުގެ ސީޒަންގައި ވެސް ފެނިގެންދާނީ މުޅިން އާ މޫނު ތަކަކެވެ. އެގޮތުން އަހްމަދު ނާފިއު މުހައްމަދު، އައިޝަތު ސުމާ، އިސްމާއިލް މިސާހު، މަރިޔަމް ޝިޒްނާ، މުހައްމަދު އީސާފުޅު އަދި ހަދީޖާ ހުސައިން މީގައި ހަރަކާތްތެރިވެއެވެ. ފިލްމުގެ ކާސްޓުންގެ ވީޑިއޯ ޕޯސްޓަރުތަކެއްވެސް “ނާމާން“ގެ ފޭސްބްކް ޕޭޖުގައި ހިމަނާލާފައި ވެއެވެ.

ހަތަރު އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ “ނާމާން“ގެ މަންޒަރުތައް ނެގީ ޅ. ހިންނަވަރުގައެވެ.

ނާމާން“ގެ އެއްވަނަ އަދި ދެވަނަ ސީޒަން މިހާރު ބައިސްކޯފު އެޕުންވެސް ބަލައިލެވެން ހުންނާނެކަމަށް ސީރީޒް އުފައްދާ ޓީމުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top