ދީނީ ސުވާލެއް އޮތީތަ؟
އަދަބިއްޔާތު
ހިތުގެ ހާލު ކަލާޔަށް….

އައު ޅެމަކީ އޭގެ ޒާތުގައި އާދަޔާޚިލާފު ޖަޒުބާތީ ބާރެއް އެކުލެވޭ ބަސްތަކެއް، ވަކި ހަމައެއްގެ މަތިން އަތުރައިލާފައިވާ އެތުރުމެކެވެ. އައު ޅެން ހެދުމަށް ވަކި ޤަވާޢިދެއް އޮންނަ ކަމަކަށް ނުވެއެވެ. ނަމަވެސް ޖުމްލަތައް އެތުރުމުގައި ވަކި އުޞޫލުތަކެއް ގެންގުޅެއެވެ. އައު ޅެމެއް ހެދޭތޯ އަނެއްކާވެސް އަޅުގަނޑު މަސައްކަތް ކޮށްލީމެވެ. ނަތީޖާ މިއޮތީއެވެ.

***********

އަހަރެންގެ މިހިތުގެ ހާލު ކަލާއަށް ކިޔައިދޭންވީ ހެއްޔެވެ؟
އެ ހިތަކީ ކުރިން އަހަރެންގެ އެއްޗަކަސް، މިހާރު އެއީ އަހަރެންގެ އެއްޗެއް ނޫނެވެ.

ހިތާމައިގެ މި ފަސާނާ ކަލާއަށް ކިޔައިދޭންވީ ހެއްޔެވެ؟
ބަދަލުވަމުންދާ މޫސުމާއިއެކުގައި އެކަންވެސް ބަދަލުވެއްޖެ އެވެ.

އޭނާގެ ބޭވަފާތެރިކަމުގެ ވާހަކަތައް ކިޔައިދޭންވީ ހެއްޔެވެ؟
މިއަދު އަހަންނަކީ، ކުރިން އުޅުނު އަހަންނެއް ނޫނެވެ.

އޭނާގެ ސަބަބުން މިއަދު އަހަރެންވެސް ބަދަލުވެއްޖެއެވެ.
އަހަރެން ބަދަލުވިގޮތް ކަލާއަށް ކިޔައިދޭންވީ ހެއްޔެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top