ވީމީޑިއާގެ މުނިނިފޫހިފުލުވުމުގެ ޑިވިޝަނުން އެންމެ ފުރަތަމަ އުފައްދާފައިވާ ފިލްމު ”ދަޢުވަތު”ގެ ދަޢުވަތު ޖޫން 12 އަށް ބެލުންތެރިންނަށް ދީފި އެވެ. މިއީ މިއަހަރު ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭ ތިންވަނަ ފިލްމެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދަމުން އަންނަ އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ޕްރޮޑަކްޝަންތަކާބެހޭ މީޑިއާ ގްރޫޕަށް މިރޭ އާއްމުކޮށްފައިވާ ފިލްމުގެ ޕޯސްޓަރެއްގައި ބުނީ ފިލްމު އަޅުވާނީ ޖޫން 12 ގައި ކަމަށެވެ.
ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު ”ދަޢުވަތު“ގެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިންމައިލެވިފާ ވާއިރު މިއީވެސް ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ފިލްމު ”ދަޢުވަތު“ އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ ”ނަފުރަތުވުމުން“ ގެ ވެސް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އާމިނަތު ޒިޔާދާ ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.
”ދަޢުވަތު”ގެ ޓިކެޓް ހޯދުމަށް 7384040 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.
ބ. ދަރަވަންދޫގައި ޝޫޓްކޮށްފައިވާ ”ދަޢުވަތު“ ކެމެރާކޮށްފައިވަނީ އިބްރާހިމް މޫސާ އެވެ. މޭކަޕް ކޮށްފައިވަނީ ޙަސަން އާދަމް އެވެ.
މި ފިލްމުގައި ދައްކުވައިދޭނީ ލޯބި ހާސިލު ކުރަން ސިހުރުހާހޫރަ ފަދަ ކަންކަން ކުރުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




