ވީޑިއޯ އަދި އޯޑިއޯ ޕްރޮޑަކްޝަން މަސައްކަތް ކުރުމަށް މި އަހަރު ހަދާފައިވާ އައު ރެކޯޑް ލޭބަލް ”އިއްޔަ ރިކޯޑްސް“ އަށް އަނެއްކާވެސް ފަންނާނުން ތަކެއް ސޮއިކޮށްފިއެވެ.
”އިއްޔަ ރިކޯޑްސް“ އަށް މިމަހުގެ 19 ގައި ސޮއިކޮށްފައިވާ ފަންނާނުންގެ ތެރޭގައި ކުރީގެ މަޝްހޫރު ރެޕާ އިރުފާން ލަޠީފް (ޓްރޯ)، މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ‘ޓޮޕް ސިކްސްޓީން’ އިން ފެނިގެންދިޔަ ވޯކަލިސްޓް އަދި ޕިއާނިސްޓް އަޙްމަދު މާއިޝް ނިޔާޒް ހިމެނެއެވެ. މީގެ އިތުރުން ރެޕަރ ޒޫމް ވެސް ސޮއިކޮށްފައިވާކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން ”އިއްޔަ ރިކޯޑްސް“ ގައި ހަރަކާތެރިވާ ޒުވާން ލަވަކިޔުންތެރިޔާ ހަމޫދު އަޙްމަދު ބުންޏެވެ.

ޒޫމް، މާއިޝް އަދި ޓްރޯ އާއި އިއްޔަ މުސްތާޤް – ފޮޓޯ: އިއްޔަ ރެކޯޑްސް
”އިއްޔަ ރިކޯޑްސް“ އަށް ފަންނާނުންތަކެއް ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު، މީގެ ދުވަސްކޮޅެއް ކުރިން ”އިއްޔަ ރިކޯޑްސް“ އަށް ސޮއެކޮށް މިހާރު އެ ސްޓޫޑިއޯގައި މަސައްކަތް ކުރަމުންދާ ލަވަކިޔުންތެރިޔާ ހަމޫދު އަޙްމަދު ބުނީ މަޝްހޫރު ބީޓް ބޮކްސަރ އަކްރަމް އަދީލް ސައީދު (އަކޫ)ގެ އަލްބަމް ‘އޭ.ކޭ.ޔޫ’ މިހާރު އޯޑިއޯ ސްޓްރީމިން އެޕް ‘ލަވަފޮށްޓަށް‘ ލާފައިވާ ކަމަށެވެ.

ޒޫމް، މާއިޝް އަދި ޓްރޯ އާއި އިއްޔަ މުސްތާޤް އަދި ހަމޫދު – ފޮޓޯ: އިއްޔަ ރެކޯޑްސް
“މީގެ ދުވަސްކޮޅެއް ކުރީން ”އިއްޔަ ރިކޯޑްސް“ އިން ވަނީ އަމިއްލަ ރާގުގެ އަލްބަމެއް ނެރެފަ. އެއީ މަޝްހޫރު ބީޓް ބޮކްސަރ އަކްރަމް އަދީލް ސައީދު (އަކޫ)ގެ އަލްބަމް ‘އޭ.ކޭ.ޔޫ’.” މުނިއަވަސް އަށް ހަމޫދު ބުންޏެވެ.
އަކްރަމް އަދީލް ސައީދު (އަކޫ)ގެ އަލްބަމް ‘އޭ.ކޭ.ޔޫ’ ގެ ލަވައެއް ކަމަށްވާ ”ސޮރީ ހަނީ“ ގެ ވީޑިއޯ ލަވަ ފޭސްބްކް މެދުވެރިކޮށް ރިލީޒްކޮށްފައިވާއިރު، އެ ލަވައަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ”ސޮރީ ހަނީ“ ލަވަ އަކީ ލަވަކިޔުންތެރިޔާ ހަމޫދު އަޙްމަދު ގެ ފުރަތަމަ ވީޑިއޯ ޑައިރެކްޝަންކަން ފާހަގަކޮށްލެވެއެވެ.
https://www.facebook.com/IyyaRecords/videos/593468541142011/
”އިއްޔަ ރިކޯޑްސް“ ގެ ދަށުން ދެން އެންމެ އަވަހަށް ނިކުންނާނީ ހަމޫދު އަޙްމަދުުގެ އަލްބަމެއް ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން އޭނާ ބުންޏެވެ. ހަމޫދު އަޙްމަދު ބުނީ މިހާރު އެ އަލްބަމްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
https://www.facebook.com/IyyaRecords/videos/456844228402495/?__tn__=%2Cd%2CP-R&eid=ARBs5hrRgDsK-iXJL8f9WZwoN6Npb4sDNkzvUBlGoLqeqiRawVUR0HfllriO_no7s4Ds-dwXBoAPcuRi
”އިއްޔަ ރިކޯޑްސް“ މިދިޔަ ހަފުތާގައިވެސް ފަންނާނުންތަކެއް ސޮއެކޮށްފައި ވެއެވެ.
