ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަ އާ ޖާދު، ބޮޑު ގްރޫޕަކާއެކު ޢީދު ޝޯއަށް ތައްޔާރުވަނީ

މިވަގުތު ރާއްޖޭގައި ހުރި އެންމެ ޑިމާންޑް ބޮޑު، ހުނަރުވެރި ބަޠަލާ މަރްޔަމް އައްޒަ އާއި ބެލުންތެރިން ޖާދޫގައި ޖެހޭފަދަ މޮޅު ނެށުންތަކެއް ގެނެސްދޭ ޖާދުﷲ އާއި އޭނާގެ ޓީމުން، ބޮޑު ޢީދުގެ ޝޯތައް ރަށްރަށުގައި ދިނުމަށް ނިކުންނަން ތިބީީ ތައްޔާރަށެވެ.

މަޝްހޫރު ނެށުންތެރިޔާ ޖާދުﷲ މުނިއަވަސް އަށް ބުނީ މިހާރު ހައެއްކަ ރަށުން އެމީހުން ގެންދިއުމަށް ގުޅާފައިވާކަމަށެވެ. ނަމަވެސް ޖާދު ބުނީ ރަށްރަށާއެކު ރަސްމީ އެގްރީމެންޓެއްގައި ސޮއިކުރުމަށްފަހުގައި ނޫނީ އެމީހުން އެއްވެސް ރަށަކަށް ދިއުމަށް އެއްކޮށް ފައިނަލް ނުކުރާނެ ކަމަށެވެ.

“މިހާރު ހަ ވަރަކަށް ރަށުން ވާހަކަ ދައްކާފަ އޮތީ. އެކަމަކު އެގްރީމެންޓްގަ ސޮއިކޮށް ހުރިހައި ކަމެއް ހަމަޖެހުނީމަ ރަށްތައް ފައިނަލްކޮށް ބުނަން އެނގޭނީ.” ޖާދު ބުންޏެވެ.

ޖާދުﷲ އާއި އައްޒަގެ ގްރޫޕުގައި އަލަށް ފިލްމީ ދާއިރާއާއި ގުޅިފައިވާ ހުރިހައި ކުދިން ކަހަލަ ގޮތަކަށް ހިމެނޭ ކަމަށްވެސް ޖާދު ބުންޏެވެ. ޖާދު ބުނީ އެމީހުން ރަށްރަށުގައި ޝޯ ދިނުމަށް ނިންމާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ.

ރަށްރަށުން ޖާދު އާއި އައްޒަގެ ގްރޫޕް ގެންދިއުމަށް 7734533 ގުޅައިގެން ބްކިން ހެދޭނެކަމަށް އެ ގްރޫޕުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top