ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކައުޝީ” – ސީޒަންގެ ސިންގަޅަ ފިލްމުގެ ފަސްޓްލުކް ދައްކާލައިފި

މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ‘އެސް ޕްރޮޑަކްޝަންސް’ އިން “ކައުޝީ“ގެ ނަމުގައި ސިންގަޅަ ފިލްމެއް ތައްޔާރުކޮށް ފިލްމުގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

ސީޒަން ފޭސްބްކްގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާކަމަށެވެ.

ސިންގަޅަބަހުން ކުޅެފައިވާ ބިރުވެރި ފިލްމު “ކައުޝީ”ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.

މުނިއަވަސް އަށް ސީޒަން ބުނީ ފިލްމުގެ ދިވެހި ވާޝަން އެއް ނެރޭނެ ކަމަށާއި ތާރީޚެއް ހާމަކުރެވޭނީ ލަންކާގައި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފައިނަލް ވުމަށްފަހުގައި ކަމަށެވެ.

https://www.youtube.com/watch?v=k3O6py7j3jY

“ސޯލް”ގެ ނަމުގައި ސިންގަޅަ ބަހާއި ދިވެހި ބަސް އަދި އިނގިރޭސި ބަސް ހިމަނައިގެން ފިލްމެއް ހަދައި މިދިޔަ ސާކް ފިލްމު ފެސްޓިވަލްގައި ސީޒަންގެ ޕްރޮޑަކްޝަން ހައުސް އިން ފިލްމެއް ނެރެފައިވާއިރު، “ކައުޝީ” އަކީވެސް ސީޒަން ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މިއީ މަޝްހޫރު މިއުޒީޝަން ނިފާރް އިބްރާހިމް ލިޔެފައިވާ ވާހަކައަކަށް އިޝާރާ ދަނަޝޭކަރަ ލިޔެފައިވާ ސްކްރިޕްޓަކަށް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކުރީވެސް ނިފާރް އިބްރާހިމް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top