ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
”ބަވަތި“ ބަލައިލަންޖެހޭ ފަސްވަނަ ސަބަބު!

ފިލްމެއް ރީތިވުމުގައި އެ ފިލްމުގައި ހިމެނޭ ލަވަ ތަކަކީވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ލަވަ ހިމެނޭ ފިލްމެއް ނަމަ، އެ ލަވަ ތަކަކީ ހިތްގައިމު، ރީތި ލަވަތަކަކަށް ވާންޖެހެއެވެ. ފިލްމު ”ބަވަތި”ގެ ލަވަ ތަކަކީ އެފަދަ ހިތްގައިމު، ރީތި ލަވަތަކަކަށް ވާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ޔަޤީންކަން ދެއެވެ.

ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތުގައި ތަޖުރިބާތަކެއް ޙާޞިލްކޮށްފައިވާ އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” ބަލަންޖެހޭ ސަބަބުތަކުގެ ތެރެއިން ފަސްވަނަ ސަބަބަކީ ފިލްމުގައި ފެންވަރު ރަނގަޅު، ރީތި ލަވަތަކެއް ހިމަނާފައި ވުމެވެ.

އިލްޔާސް ވަހީދު ޑައިރެކްކޮށްފައިވާ އައި ފިލްމްސްގެ ”ބަވަތި”ރިލީޒްކުރަނީ 02 ސެޕްޓެމްބަރު 2019 ގައެވެ. ފިލްމުގެ ލީޑް ތަރިންނަކީ އިފްނާޒް އާއި ނުޒޫ އެވެ.

ފިލްމްގެ ހިތްގައިމު ލަވަތައް

ބަވަތި” ފިލްމްގެ ޚަބަރު އާއްމުވެގެން ދިޔައީ ފިލްމުގެ މޯޝަން ޕޯސްޓަރަކާއި އެކުގައެވެ. މި މޯޝަން ޕޯސްޓަރުގެ ވާހަކަ ގިނަ ބަޔަކު ދެއްކީ، ފިލްމުގެ ތަފާތު ނަމާއި އެއްފަދައިން މޯޝަން ޕޯސްޓަރުން ދައްކައިދޭ މަންޒަރުތައް ތަފާތުވީމައެވެ. އެ ޕޯސްޓަރުން ބުނެދޭ ވާހަކަތައް ތަފާތުވީމައެވެ.

މޯޝަން ޕޯސްޓަރަށްފަހު ނެރުނު ދެ ޓީޒާރ ޓްރެއިލަރ އަކީވެސް ގިނަބަޔަކަށް ވަރަށް ކަމުދިޔަ ދެ ޓީޒާރއެވެ. މި ހުރިހައި ކަމަކަށް ވުރެން ބޮޑަށް އެންމެންގެ ހިތް ދަމައިގަތީ އޭގެ ފަހުން ރިލީޒްކުރި ޕްރޮމޯޝަން ލަވައިންނެވެ. ”ބަވަތި”ގެ ނަމުގައި ނެރުނު ”ބަވަތި”ގެ ޕްރޮމޯޝަން ލަވައިގެ ވާހަކަ ނުދައްކާ ބަޔަކު މަދެވެ.

ބަވަތި”ލަވައިގެ ޅެމުގައި އެކުލެވިގެންވަނީ ފުން ހިތާމައާއި ކެކުޅުމުގެ އާދޭސްތަކެވެ. މޯލްޑިވިއަން އައިޑަލްއިން ފެނިގެންދިޔަ ހުނަރުވެރި ލަވަކިޔުންތެރިޔާ ޖައިޝާ ވަހީދުގެ އަޑުން އިވިގެންދާ ’ބަވަތި‘ ލަވަ ފެށިގެންދަނީ މި އިބާރާތްތަކުންނެވެ.

”މާކުރީގެ ހަނދާނެކޭ މިއީ  ދީފައިވާ އަނިޔާއެކޭ މިއީ

ނުފިލާނޭ ހިތުން މަގޭ  މިތުރުނޭ އަހާ ހަގީގަތް“

https://www.facebook.com/349152015708227/videos/605496296603747/?v=605496296603747

ލަވައިގެ ޅެން ހަދާފައިވަނީ އިލްޔާސް ވަހީދު އެވެ. ލަވައިގެ މިއުޒިކް ހެދީ މިސްޓީ އެވެ. ކޮރިއޮގްރަފީ ހެދީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް) އެވެ. ކޮސްޓިއުމްސް ފޯރުކޮށްދިނީ ރިއުޒް ބުޓިކް އިންނެވެ. ރުޠުބާ އަޙްމަދު މޭކަޕް ހަދައިދީފައި ވާއިރު ހެއަރ ސްޓައިލް ހެދީ ހައްވާ ޒާހިރާ އެވެ. ސެޓް ޑިޒައިން ހަދައިދިނީ ކުރަހާ ރާއްޕެ އެވެ. ލަވައިން ފެނިގެންދާ ނެށުންތެރިންނަކީ ރަޒާން، ނައިޒަން، އިރުޝާދު އަދި ތޮލާލް ކަމަށް ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ބުންޏެވެ.

ބަވަތި”ލަވައިގައި ޖައިގެ އަޑުން ފެށިގެން ނުޒޫގެ އެކްސްޕްރެޝަން އަދި ލަވައިގެ ޑާންސްގެ ތަފާތުކަން ފާހަގަކޮށްލަން ޖެހެއެވެ. މިހައި ފުރިހަމަ ލަވައެއް ގެނެސްދީގެން ވެސް ފިލްމްގެ ޑައިރެކްޓަރ އިއްލެ ހިތްހަމަޖެހޭވަރު ވިހެނެއް ހިއެއްނުވެއެވެ. ބެލުންތެރިންނާއި ހަމައަށް މޮޅު، ތަފާތު ފިލްމެއް ގެނެސްދިނުމަށް އިއްލެ ފޫގަޅައިލީ ކުޑަތަންފުކެއްވެސް ދޫދިނުމަށް ނޫންކަން އިތުރަށް ޔަޤީންވެގެން ދިޔައީ ފިލްމުގެ ރަސްމީ ޓްރެއިލަރ ނެރުނު ހިސާބުންނެވެ. ފިލްމްގެ ރަސް،ޯ ޓްރެއިލާރ އިން އިވިގެން ދިޔަ ލަވަ “މީބަލަ ލޯބިކަން އެގޭހޭ” ވެސް ވަރަށް ހިތްގައިމެވެ.

“މީބަލަ ލޯބިކަން އެގޭހޭ” ކިޔާފައިވަނީ ޔާމިން ރަޝީދުގެ ހިތްގައިމު އަޑުންނެވެ. އެހާމެ ތަފާތު، އަޑުއަހައިލަން ފަސޭހަ، މި ލަވަ ވެސް ވަރަށް ގިނަބަޔަކަށް ކަމުދިޔައެވެ.

https://www.facebook.com/349152015708227/videos/467233240519993/?v=467233240519993

ބަވަތި”ގެ ޓައިޓަލް ލަވަ ފިލްމުން ނުފެނުނަސް ފިލްމްގައި އިތުރު ދެ ލަވަ ހިމަނާފައިވެއެވެ. ދެވަނަ ލަވައަކީ އަޙްމަދު ނަޒީހު (ރާޅު ބޯއީ)ގެ އާދަޔާޚިލާފް ހިތްގައިމު އަޑުން ކިޔައިދީފާ ”އޭ ހީލާ” އެވެ. މިއީ މިފިލްމްގެ ފިރިހެން ލީޑް އެކްޓަރ އިފްނާޒަށް ވެސް އެންމެކަމުދާ ލަވަކަމަށް އިފްނާޒް ބުނެއެވެ.

އަޅުގަނޑުމެންގެ ‘ރާޅު ބޯއީ’ ކިޔާފައިވާ ”އޭ ހީލާ” ލަވައަކީ މިހައިތަނަށް އެއްވެސް ވަރަކަށް އާންމުކޮށްފައިވާ ލަވައެއް ނޫންކަމަށް ފިލްމުގެ ޑައިރެކްޓަރ އިއްލެ ބުނެއެވެ. އެހެންވެ ”ބަވަތި”ފިލްމުގެ ހުރިހައި ލަވަތަކެއް އެންމެ ފުރިހަމަކޮށް ބަލައިލަން އޮލިމްޕަހަށް ދިއުމަކީވެސް މި ފިލްމު ބަލައިލަން ދާން ބޭނުންވާނެ ސަބަބެއްކަމަށް ދިވެހި ފިލްމަށް ލޯބިކުރައްވާ ފަރާތްތަކުން ޤަބޫލުކުރައްވާނެކަން ގައިމެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top