އައްޑޫ ފްލައިން ސްކޫލްގެ ސެސްނާ މަތިންދާބޯޓެއްގެ އިންޖީނު މައްސަލަޖެހިގެން ޝަންގްރިއްލާ ރިސޯޓް ކައިރި މޫދަށް ޖައްސައިފި އެވެ. ބޯޓު ވެއްޓުނުއިރު އޭގައި ތިބި ދެމީހުންވަނީ ދޯންޏެއްގައި ސަލާމަތްކޮށްފައެވެ.
”މުނިއަވަސް“އަށް މަޢުލޫމާތު ލިބިފައިވާގޮތުން ބޯޓު ވެއްޓުނު އިރު ބޯޓުގައި ތިބީ ދެ ފަޅުވެރިންނެވެ. އެއީ ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރަކާއި އޭނާގެ އިންސްޓްރަކްޓަރެވެ.
މަތިންދާބޯޓް ވެއްޓުނީ މިއަދު ހަވީރު 04:08 ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ.
އިންޖީނުގައި މައްސަލަޖެހިގެން މޫދަށް ބޯޓު ޖެއްސުމާއެކު އެގައިތިބި މީހުން ސަލާމަތްކުރީ ޝަންގްރިއްލާ ރިސޯޓުގެ ޑައިވިންގ ދޯންޏަކުންނެވެ. ބޯޓުގައި ތިބި ދެ ފަޅުވެރިން މިހާރު ވަނީ ޝަންގްރިއްލާ ރިޒޯޓަށް ގެންގޮސްފައެވެ.
ސެސްނާ މަތިންދާބޯޓު ވެއްޓުނު ދިމާ އަޑިއަށް ގޮސްފައިވާކަމަށް މުނިއަވަސް އަށް އައްޑޫގައި ހުރި މީހަކު މަޢުލޫމާތު ދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




