ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަންގެ “އަނދިރިކަން” ޝޫޓިންގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

މަގްބޫލު ފިލްމީ ތަރި އަލީ ސީޒަން އާއި އެވޯޑް ހޯދާފައިވާ ހުނަރުވެރި ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ)ގެ ފިލްމު “އަނދިރިކަން” – ‘އަންބޯން ޗައިލްޑް’ (ނުއުފަންނަ ދަރި)، ޝޫޓިންގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފިއެވެ. ފިލްމުގެ ފުރަތަމަ ޓީޒާވެސް މިހާރު ވަނީ އާއްމުކޮށްފައެވެ.

އަނދިރިކަން” ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ފިލްމުގެ ޑައިރެކްޓަރު/އެކްޓަރު އަލީ ސީޒަން މުނިއަވަސް އަށް ބުނީ ހަމަޖެހިފައިވާ ގޮތަށް ފުރަތަމަ ޝޫޓްކުރަން ޝެޑިއުލްކުރިވަރަށް ޝޫޓްކޮށް ނިންމާލެވިފައިވާ ކަމަށެވެ. ސީޒަން ބުނީ ފިލްމު ޝޫޓް ކުރުމަށް ހަދާފައިވާ ޝެޑިއުލްގެ މަސައްކަތް ނިންމަން އޮތީ މިމަހު ދެއަކަށް ކަމަށެވެ. އެގޮތަށް ޝެޑިއުލްކުރީ ފިލްމު “ކޮސް ގިނަ މިސްޓޭކް”ގެ ޝޫޓިންއަށް ވަގުތުދޭން ޖެހޭތީ ކަމަށްވެސް ސީޒަން ބުންޏެވެ.

“ޝޫޓިންގެ ދެވަނަ ޝެޑިއުލްގެ ދަށުން ނަގަން ހުންނާނީ ލަވަ އާއި ބައެއް މަންޒަރުތައް. އެބައި ޝޫޓްކުރާނީ މާލެއާއި މާލެ ސަރަހައްދުގެ ރަށްރަށުގަ. ފިލްމުގެ ސްޓޯރީ އިންނަގޮތުން ދެ ސަރަހައްދެއް ދައްކަންޖެހޭ.” ސީޒަން ބުންޏެވެ.

https://www.facebook.com/103414061032384/videos/333964620683081/?v=333964620683081

ފިލްމު “އަނދިރިކަން” – ‘އަންބޯން ޗައިލްޑް’ (ނުއުފަންނަ ދަރި) ޓެގްލައިނާއެކު ގެނެސްދޭ މި ފިލްމަކީ އާއިލީ ޑްރާމާއެއް ގެނެސްދޭ ފިލްމެއް ކަމަށް ސީޒަން ވަނީ ބުނެފައެވެ. ފިލްމުގެ ކޮންސެޕްޓް ކޮންމެވެސް ވަރަކަށް ތިލަކޮށްދެމުން ސީޒަން ބުނީ މީގައި ދައްކުވައިދޭނީ ތަންކޮޅެއް މެޗުއާރޑް ދިރިއުޅުމެއް ކަމަށެވެ.

“ތަންކޮޅެއް މެޗުއާރޑް މެރިޑް ލައިފެއް ދައްކުވައިދޭނީ. މިކަހަލަ މެޗުއާޑް ސްޓޯރީއެއް ސިނަމާތަކަށް ނާންނަތާ ތަންކޮޅެއް ގިނަދުވަސް ވެއްޖެކަންނޭނގެ.” މި ފިލްމުގެ ލީޑްވެސް ކުޅޭ ސީޒަން ބުންޏެވެ.

މި ފިލްމުގައި ޝީލާގެ ކެރެކްޓަރ އަށް ތައްޔާރުވުމުގެ ގޮތުން ފަސް ވަރަކަށް ކިލޯގެ ބަރުދަން އިތުރުކޮށްފައިވާކަމަށް ވެސް ސީޒަން ބުންޏެވެ.

https://www.facebook.com/103414061032384/videos/644308599396380/UzpfSTEwMDAwMzI5MTg2MDMzODoyMjk1MDE3OTQwNjE3OTEy/

އަނދިރިކަން” ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. މީގެ އިތުރުން ފިލްމުން ފެނިގެންދާނީ މުޙައްމަދު ރަޝީދު (ދަރާބެ)، މަރިޔަމް ޝަކީލާ، އަޙްމަދު ސަޢީދު އާއި ޒީނަތު އައްބާސް އެވެ.

ފިލްމު އެޅުވުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގައެވެ. ކަނޑައެޅިފައިވާ ތާރީޚަށް ޝޫޓިން ނިންމައި ފިލްމުގެ މަސައްކަތްތައްވެސް ނިންމާލެވޭނެ ކަމަށް ސީޒަން ބުންޏެވެ. އޮކްޓޫބަރު މަހަށް އޮލިމްޕަސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އޮލިމްޕަސް ލިބޭނެ ކަމުގެ ވަރަށްބޮޑު އުއްމީދެއް އެބަ އޮތްކަމަށްވެސް ސީޒަން ފާހަގަކުރިއެވެ.

ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމައިލުމަށްފަހު މ. މަޑުއްވަރީން ފިލްމުގެ ކާސްޓާއި ކްރޫއަށް އަދި ފިލްމުގެ މަސައްކަތަށް ލިބުނު އެހީތެރިކަން “އަނދިރިކަން” ފިލްމުގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެއެވެ.

މަޑުއްވަރީގައި ކުރިއަށްދިޔަ ޝޫޓިން ނިންމާލުމަށްފަހު އެހީތެރިވެދިން ފަރާތްތަކާއިއެކު ނަގާފައިވާ ފޮޓޯއެއް – ފޮޓޯ: ފިލްމު އަނދިރިކަން ޕޭޖް

“ލިބުނު ލޯތްބާއި އެހީތެރިކަން ދުވަހަކުވެސް އަހަރުމެން ހަނދާންނައްތައެއް ނުލާނަން! މަޑުއްވަރީ އަކީ ލޯބި. އެނބުރި މާލެދާ ވަގުތު ޖެހުނީ. ވީ އެންމެ އަވަސް ފުރުޞަތެއްގައި ބައްދަލުކުރާނަމު.❤️” މ. މަޑުއްވަރީން ލިބުނު އެހީތެރިކަން ފާހަގަކުރަމުން “އަނދިރިކަން” ފިލްމުގެ ފޭސްބްކް ޕޭޖްގައި ލިޔެފައިވެއެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ. ޑައިރެކްޓް ކުރަނީ ސީޒަން އެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ.

އަނދިރިކަން” ފިލްމަކީ ބެލުންތެރިން ގަޔާވާ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ސީޒަން ދެއެވެ.

އަނދިރިކަން” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

https://www.facebook.com/103414061032384/videos/593896491014472/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top