ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަރުން ދަވަންއާއި ސާރާ އަލީ ޚާން، އެކުގައި އުފާވެރި ވަގުތުތަކެއް

ވަރުން ދަވަން އާއި ސާރާ އަލީ ޚާން އެކުގައި ފިލްމް “ކޫލީ ނަންބަރ 1” ގެ ޝޫޓިންގެ ދެވަނަ ޝެޑިއުލް މުމްބާއީގައި ފަށައިފިއެވެ. އަދި އެއީ ވަރުން އާއި ސާރާ އެކުގައި ހޭދަކޮށްލަން ލިބުނު ވަރަށް ޚާއްސަ ވަގުތު ތަކެކެވެ.

ޝޫޓިންގެ މަންޒަރުތަކުގެ ބައެއް ފޮޓޯތައް ވައިރަލް ވެފައި ވާއިރު އެންމެ ބޮޑު ސަމާލުކަމެެއް ލިބެމުން ދަނީ އަލިފާނުގެ މަންޒަރު ހިމެނޭ ފޮޓޯ ތަކަށެވެ. ފިލްމުގެ ޓީމުން ޝޫޓިންގ ކުރިއަށް ގެންދިޔަ އިރު ފިލްމުގެ ލީޑް އެކްޓަރުން ދިޔައީ އުނދޯލީގައި މަޖާ ވަގުތު ތަކެއް ހޭދަ ކުރަމުންނެވެ.

ވަރުން އާއި ސާރާ އެކުގައި ހޭދަކުރި ވީޑިއޯއެއް ވަރުންގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ސާރާ އުނދޯލީގައި އިންއިރު ވަރުން އުދޯލި ހެއްލައިދޭ މަންޒަރެވެ.

1995ގައި ވެސް “ކޫލީ ނަންބަރ 1″ގެ ނަމުގައި ފިލްމެއް ނެރެފައިވެއެވެ. އެ ފިލްމު ޑޭވިޑް ދަވަން ޑައިރެކްޓް ކޮށްފައި ވާއިރު ތަރިންގެ ގޮތުގައި ހަރަކާތްތެރި ވެފައި ވަނީ ކުޅަދާނަ ތަރިންގެ ތެރޭގައި ހިމެނޭ ގޯވިންދާ އަދި ކަރިޝްމާއެވެ.

ވަރުން އާއި ސާރާގެ ފިލްމުގައި ކުޅަދާނަ އެކްޓަރ ޕަރޭޝް ރާވަލްގެ އެކްޓިންގ ވެސް ފެނިގެން ދާނެއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ މެއި 1ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top