ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ ކުމާރުގެ ދަރިފުޅުގެ އުފަން ދުވަސް ފާހަގަ ކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ ދަރިފުޅުގެ އުފަން ދުވަސް ފާހަގަ ކޮށްފި އެވެ.

އަކްޝޭ ކުމާރަކީ ފެމިލީ މޭން އެއްގެ ގޮތުގައި އެންމެންވެސް ދަންނަ ކުޅަދާނަ އެކްޓަރެކެވެ. ކިތަންމެ އަވަދި ނެތި އުޅުނު ނަމަވެސް ދުވަހުގެ ތާވަލުން އުފާވެރި ވަގުތު ތަކެއް އަނބިމީހާ ޓްވިންކަލް، ދަރިފުޅު ނިތާރާ އަދި އާރާވް އަށް ހުސް ކުރެއެވެ. މިއަދު ދަރިފުޅު ނިތާރާގެ އުފަން ދުވަސް ފާހަގަ ކުރަމުން، ދަރިފުޅާއެކު އަކްޝޭ ނަގާ ފައިވާ ފޮޓޯތައް އޭނާގެ ޓްވިޓަރ ގައި ހިއްސާ ކޮށްފައި ވެއެވެ. މި ފޮޓޯތަކުން ފެންނަނީ އަކްޝޭ އޭނާގެ ދަރިފުޅާއެކު އެޑްވެންޗަރ ގޭމެއް ކުޅޭ މަންޒަރެވެ.

އަކްޝޭގެ މަސައްކަތުގެ ތާވަލަށް ބަލާލާއިރު އަކްޝޭގެ އަތުގައި ޝައުގު ކުރުވަނިވި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް މިހާރުވެސް އެބަހުއްޓެވެ. މި ޕްރޮޖެކްޓް ތަކުގެ ތެރޭގައި ރޯހިތު ޝެޓީގެ ‘ސޫރިޔަ ވަންޝީ’، ކަރީނާ ކަޕޫރު އެކްޓްކުރާ ‘ގުޑް ނިޔުސް’، ‘ބައްޗަން ޕާންޑޭ’، ‘ލަކްޝްމީ ބޮމް”، އަދި ‘ހައުސް ފުލް 4’ ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top