ނުވަދިހައިގެ އަހަރުތަކުގައި ވިދާލި ބަތަލާ ރަވީނާ ޓަންޑަން އާއި އޭނާގެ ފިރިމީހާ، ފިލްމު ޑިސްޓްރިބިއުޓަރު އަނިލް ތަޑާނީ ޗުއްޓީހޭދަކޮށްލަން ރާއްޖެ އައިސްފިއެވެ.
މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން އެ ދެމަފިރިން ރާއްޖެއައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރަވީނާގެ ދެމަފިރިން ޗުއްޓީހޭދަކުރަމުން ގެންދަނީ ޖުމައިރާ ރިޒޯސްގަައި ކަންވެސް މުނިއަވަސް އަށް ކަށަވަރުވެފައި ވެއެވެ. އެގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި އެމީހުން އެ ރިސޯޓަށް ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
“ތޫ ޗީޒް ބަޅީ ހޭ މަސްތު މަސްތު”، “ޓިޕް ޓިޕް ބަރުސާ ޕާނީ” ފަދަ ލަވަތަކުން ރަވީނާ ހުނަރުވެރި އެކްޓިންއާއި ނެށުން ފެނިފައިވެއެވެ.
ފަސް ވަރަކަށް އަހަރު ފިލްމުކުޅުމަށްފަހު އާއިލާއަށް ވަގުތު ދިނުމަށް ކަމަށް ބުނެ އެތައް އަހަރެއް ވަންދެން ފިލްމީ ދުނިޔެއާ ދުރުގައި ރަވީނާ ހޭދަކުރި އެވެ. އޭގެ ފަހުން ފިލްމީ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. “ބޮމްބޭ ވެލްވެޓް” ފަދަ ފިލްމުތައް އޭގެ ފަހުން ރަވީނާ ކުޅުނެވެ.
ސްޓާ ޕްލަސްގެ ޑާންސް ރިއަލިޓީ ޝޯގެ ޖަޖެއްގެ ގޮތުގައި ރަވީނާ މިހާރު އަންނަނީ ބައިވެރިވަމުންނެވެ.
