ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަންގެ ފިލްމު ”އަނދިރިކަން“ – ކެމެރާގެ ފުރަގަހުން

ސީޒަން އާއިމާސްކޭގެ ފިލްމު ”އަނދިރިކަން”ގެ ދެވަނަ ޝޫޓިންތައް އަލުން ފަށާފައިވާއިރު، ޝޫޓިން ތެރެއިން، ކެމެރާގެ ފުރަގަހުން ހިނގާ ކަންތައްތައް ދައްކައިދޭ ވީޑިއޯ އެއް ހިއްސާކޮށްލާނަމެވެ.

މި މަހު 22ގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމު ”އަނދިރިކަން“ މިއީ އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯއިން އުފައްދާ އާއިލީ ޑްރާމާއެކެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރު އެވެ. ޑައިރެކްޓްކުރަނީ ސީޒަންއެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ. މޭކަޕް ކުރަނީ ޒީނަތު އައްބާސް އެވެ.

https://www.facebook.com/AndhirikanTheMovie/videos/402673220627281/

އަނދިރިކަން“ ފިލްމު ލީޑް ރޯލުން ފެނިގެން ދާނީ ސީޒަން އާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާބެ) ހިމެނެ އެވެ.

އަނދިރިކަން“ ފިލްމުގެ ޓިކެޓް ވިއްކަން ފަށާނެ ތާރީޚެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ސީޒަން މުނިއަވަސް އަށް ބުނެފައިވެއެވެ.

ފިލްމުގެ ޑަބިން މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top