ސީޝެސްލްސްއިން މިއަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން 31 އަށް އެޤައުމުގައި ބާއްވާ ”ކްރިއޯލް ފެސްޓިވަލް“ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް މަޝްހޫރު ބޮޑުބެރު ގްރޫޕް ބިދަބިން ފުރަން ތައްޔާރުވެއްޖެ އެވެ.
ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އާސިމް (އާއްކޮ) މުނިއަވަސް މިއަދު ބުނީ ”ކްރިއޯލް ފެސްޓިވަލް“ގައި ރާއްޖެ ތަމްޞީލުކުރުމަށް އެ ގްރޫޕްގެ 12 މެންބަރުން ދިއުމަށް ހަމަޖެހިފައިވާކަމަށެވެ. ބިދަބިންގެ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 22 ވަނަ ދުވަހުގެ ރޭގައެވެ.
”މި ފެސްޓިވަލްގައި ބިދަބިން އިން މުޅިންވެސް ހުށައަޅާނީ ސަގާފީ އައިޓަމްތައް. ވަރަށް ތަފާތު ކޮންސެޕްޓެއްގަ، ދިވެހިންގެ ސަގާފަތް ދައްކުވައިދޭނަން.“ އާއްކޮ ބުންޏެވެ. ބިދަބިން އަކީ ބޮޑުބެރުގެ އިތުރުން ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭގައި ނަގާ ކިޔާ މަޝްހޫރު އެއް ގުރޫޕްކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން މިއަހަރު އޮގަސްޓްމަހު ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ”ފެސްޓިވަލް ކްރިއޯލް“ގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ދީފައިވާކަން ދެ ގައުމުގެ ރައީސުން ދެއްވި ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މިއީ މި ފެސްޓިވަލްގައި ދިވެހިރާއްޖެ އިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




