ދީނީ ސުވާލެއް އޮތީތަ؟
އަދަބިއްޔާތު
ދިވެހިން ކުރާނެ ކުށްވެރި

މިއީ، 1988 ނޮވެމްބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާއާއި އެދުވަހު، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޝަހީދުވެދިޔަ ދިވެހީންގެ ހަނދާން އައުކޮށްލުމުގެ ގޮތުން މަޝްހޫރު ޅެންވެރިޔާ އިއްޒާ އަހުމަދު ނިޒާރު ހައްދަވާފައިވާ ޅެމެކެވެ. މުނިއަވަސްގެ ކިޔުންތެރިންނާއި ހަމައަށް މި ޅެމުގެ ލިޔުމާއި އޯޑިއޯ/ވީޑިއޯ ހުށައަޅައިލަމެވެ.

ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އިއްޒަ އާއި މުނިއަވަސް ޓީމުގެ ފަރާތުން އެންމެހައި ލޮބުވެތި ދިވެހިންނަށް އަރިސްކުރަމެވެ.

ޅެން ހެއްދެވީ: އިއްޒާ އަހުމަދު ނިޒާރު

https://www.facebook.com/MuniAvas/videos/408263133202750/

ނިދިފައިވި ފަސްގަނޑެއް ސިހި، ހޭލެއްވި އަޑެކެ ބިރުވެރި
އެދިމާއަކަށް އެ އަޑު އައި، ކެރި ދިން ޖަވާބު މަތިވެރި

އުދަވާން އެއައި އިރަށް ވެސް، މަޑުޖެހެވުނޭ އެތަން ފެނި
ޢުދުވާނު ފަތުރަމުން އައި، އަނދިރީގެ ސާލު މޮޅިވެރި

މަތިއުކުޅު ދެއްކި ބަޑިޔާ، އުންޑައިގެ ބާރު ދައްކާ
ކަތިލަން މި ޤައުމު ހިތުލީ، ޣައްދާރުނޭ މަކަރުވެރި

ފިސްކޮށްލިޔަސް ހެވޭ ބުނެ، ކުރިމަތިލި ނަޞްރު ހޯދަން
އިސްނެގި ދަރިންތަކެއް އޭ، ޤައުމިއްޔަތަށް އަދަބުވެރި

ވަޠަނީ ޖިހާދަކަށް އެދި، ވެދުމަށް ފުރާނަ ދިނުމުން
ބަޠަލުންނަކީ ތިއީއޭ މުޅި ދީބު ދުށް ފަޚުރުވެރި

ހުއްޖަތްތަކެއް ނުދައްކާ، ފަސްގަނޑު ދިފާޢުކުރުމުން
ޙުއްބުލް ވަޠަންގެ ތިޔައީ، އަބުޠާލުނޭ ޤަދަރުވެރި

ޙަމަލާތަކާ އެ ޢުދުވާން، މާޒީވެގެން ހިނގައްޖޭ
ނަމަވެސް ޚިޔާނަތެއް އޭ، ދިވެހިން ކުރާނެ ކުށްވެރި

އެކިގޮތްގޮތުން ޚިޔާނާތް، ޤައުމުގެ ކަރާމަތަށްވީ
ވަކި ނަފުސަކާ ނަމަށްވުރެ، މިބިމާއި ދީން ޝަރަފުވެރި

3 ނޮވެމްބަރު 2019

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top