ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޯރީ ޚާންގެ ޕޯސްޓަށް ޝާހްރުކް ޚާން ރިއެކްޓް ކޮށްފި

ޝާހްރުކް ޚާން އާއި ގޯރީ ޚާންގެ ކައިވެންޏަށް 25 އަހަރު ވެގެން ދިޔައިރުވެސް އެ ދެމަފިރިންނަކީ ޕްރިޔަންކާ ޗޯޕްރާ – ނިކް ޖޯންސަން، އަނުޝްކާ ޝަރްމާ – ވިރާތު ކޯލީ ފަދަ މަޝްހޫރް ޖޯޑުތަކުގެ ތެރޭގައި ވާދަ ކޮށްލެވޭ ޖޯޑެކެވެ.

އެ ދެމަފިރިންގެ ދިރިއުޅުން ރާވާލައިގެން ހެޔޮކޮށް ކުރިއަށް ގެންދިއުމުގެ އިތުރުން އެމީހުންގެ ފޭނުންނަށްވެސް ދިރިއުޅުމާ ގުޅޭ ގިނަ ޚިޔާލުތައް ދެއެވެ.

ގޯރީ ޚާން ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ އެ އާއިލާގެ ފޮޓޯއަށް ޝާހްރުކް ޚާން މިދިޔަ ހޯމަ ދުވަހު ރިއެކްޓް ކުރިއިރު އުފާވެރި އާއިލާއެއް ބިނާ ކުރެވުނީތީ އެކަން ފާހަގަކޮށް އެ ޕޯސްޓް އޭނާ ވަނީ ޝެއަރ ވެސް ކޮށްފައެވެ. އެ ފޮޓޯގައި ޝާހްރުކް ޚާންގެ ދެމަފިރިންގެ އިތުރުން އެމީހުންގެ ތިން ދަރިން ސުހާނާ، އަބްރާމް، އަދި އާރްޔަން ވެސް ހުއްޓެވެ.

އަނބިމީހާ ގޯރީ އަދި ތިން ދަރިންނާއެކު ޝާހްރުކް ޚާން – ފޮޓޯ: އެސްއާރްކޭ ޓިވިޓަރ

ޝާހްރުކް ޚާންގެ ‘ރައީސް’ އަށް ފަހު އިތުރު ފިލްމެއްގެ ތައްޔާރީވެސް ވަމުން ދާކަމަށް ފޭނުންނަށް މައުލޫމާތު ދީފައިވާއިރު އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 2020 އަހަރު ކަމަށް ޝާހްރުކް ޚާން ވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top