ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކޮސް ގިނަ މިސްޓޭކް” 2020 އަށް ފަސްކޮށްފި

ވީމީޑިއާ އޮރިޖިނަލްސްގެ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކް” ޕްރިމިއާކުރުން 2020 އަށް ފަސްކޮށްފައި ވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރ އިސްމާޢީލް ޝަފީޤް މިރޭ ބުނެފިއެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން އޯގަސްޓް މަހު 28ގައި ޝޫޓްކުރަން ފެށި “ކޮސް ގިނަ މިސްޓޭކް” އަޅުވަން ޝެޑިއުލް ކުރީ މިހިނގާ ނޮވެމްބަރު މަހަށެވެ.

މުނިއަވަސް އަށް ޝަފީޤް މިރޭ ބުނީ ފިލްމު އެޅުވުން އަންނަ އަހަރަށް ފަސްކޮށްލީ އަހަރުގެ ފަހުކޮޅުގައި ފިލްމު އެޅުވުން އެއީ އެހާ ރަނގަޅު ކަމެއް ކަަމަށް ނުފެންނާތީ ކަމަށެވެ.

“ނޮވެމްބަރު ފަހުކޮޅާއި ޑިސެމްބަރު މަހު ފިލްމު އެޅުވުން އެއީ އެހާ ރަނގަޅު ތާރީޚެއް ނޫން. އަނެއްކާ މި މަހު 21ގަ ކަން ނޭނގެ ސްކޫލްތައް ވެސް ބަންދުވަނީ.” ޝަފީޤް ބުންޏެވެ.

އަންނަ އަހަރު ފިލްމު އަޅުވާނެ ފައިނަލް ތާރީޚެއް ކަނޑައެޅިގެން ބުނަން އެނގޭނީ އޮލިމްޕަހުން ކޮންފަމޭޝަން އެއް ދިނުމުން ކަމަށް ވެސް ޝަފީޤު ބުންޏެވެ. ނަމަވެސް ޖެނުއަރީ މަހު މެދެއްހާ ހިސާބު ފިލްމު އެޅުވޭތޯ މަސައްކަތް ކުރަމުން އަންނަކަން ވެސް ޝަފީޤް ފާހަގަކުރިއެވެ.

https://www.facebook.com/kosginamistake/videos/2583827695007353/

ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ މި ފިލްމަކީ ލޯބީގެ ކޮމެޑީ ފިލްމެކެވެ. ފިލްމުގައި ފާހަގަކޮށްލެވޭ 13 އަށްވުރެން ގިނަ ކާސްޓުން ހިމެނެއެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނެއެވެ.

ކޮސް ގިނަ މިސްޓޭކް” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top