ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
މެސީ، ފަހު ވަގުތު އާޖެންޓީނާ ސަލާމަތްކޮށްދީފި

ރޭ އިޒްރޭލުގައި އާޖެންޓީނާ އަދި އުރުގުއޭ ބައްދަލުކުރި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އެޑިންސަން ކަވާނީ 34 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް އުރުގުއޭ އަށް ވަނީ މެޗުގެ ކުރި ހޯދައިދީފައެވެ. އާޖެންޓީނާ ގިނައިރު ބޯޅަ ހިފަހައްޓައިގެން، ރީތި ކުޅުމެއް ކުޅެ އަދި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަަމަ ހާފުގައި ގޯލެއް ކާމިޔާބުކުރެވޭގޮތެއް ވަނީ ނުވެފައެވެ.

ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް ލުއިސް ސުއަރޭޒް ވަނީ އުރުގުއޭ އަށް އަލުން މެޗުގެ ލީޑު ހޯދައިދީފައެވެ. އާޖެންޓީނާ ސަލާމަތްކޮށްދިން ލަނޑު، މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ.

މިއީ މެސީ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 70 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. ސައުތު އެމެރިކާގެ ގައުމުތަކުން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބު ކުރުމުގެ ރެކޯޑް އޮންނަނީ 77 ގޯލާއެކު ޕެލޭ އަތުގައެވެ. ޕެލޭގެ މި ރެކޯޑް މުގުރާލުމަށް މެސީ ބޭނުންވަނީ 8 ގޯލުކަން ފާހަގަކޮށްލެވެއެވެ. ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ހިނގައިދިޔަ ކަންތަކާއި ގުޅިގެން، ލިބުނު ތިން މަހުގެ ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ކުޅުނު ދެ މެޗުގައި ވެސް މެސީ ވަނީ ގޯލު ޖަހައި، މޮޅުކުޅުމެއް ދައްކާފައެވެ.

މިއަހަރު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފަހުން އާޖެންޓީނާ ބަލިވެފައި ނުވާއިރު، ކުޅުނު 6 މެޗުގެ ތެރެއިިން 3 މެޗުން މޮޅުވެ އަދި 3 މެޗުން ވަނީ އެއްވަރުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top