ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަންގާމާ 2 – ޕްރިޔާދަރްޝަން އެނބުރި ބޮލީވުޑަށް

ކޮމެޑީ ފިލްމުތައް އުފެއްދުމަށް މަޝްހޫރު ފިލްމު ޑައިރެކްޓަރ ޕްރިޔާދަރްޝަން އެނބުރި ބޮލީވުޑަށް އަންނަން އުޅޭކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ. ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ އެނބުރި އަންނަނީ 2003 ވަނަ އަހަރު ގެނެސްދިން ފިލްމު “ހަންގާމާގެ” 2ވަނަ ބަޔާއެކުއެވެ.

ހަންގާމާއަކީ އަކްޝޭ ކަންނާއާއި ރިމީ ސެން ލީޑް ރޯލް ކުޅެފައިވާ ފިލްމެެކެވެ. އެ ފިލްމުގައި އަފްތަބް ސިވްދަސާނީ، ޕަރޭޝް ރަވާލް، ޝަކްތީ ކަޕޫރް އަދި ރާޖްޕަލް ޔަދަވް ފަދަ ކުޅަދާނަ ގިނަ ތަރިންތަކެއް ހަރަކާތްތެރިވެއެވެ. ހަންގާމާގެ ދެވަނަ ބަޔާއި ފުރަތަމަ ބަޔާއި ގުޅުމެއް ނެތްކަމަށްވެއެވެ.

ޕަރޭސް ރަވާލްއާއި ޝަކްތީ ކަޕޫރް އަދި ރާޖްޕަލް ޔަދަވް ދެވަނަ ބައިގައިވެސް ހަރަކާތްތެރިވާނެއިރު “ހަންގާމާ 2” ގެ ލީޑް ދެ ތަރިން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށްވެއެވެ.

ޕްރިޔާދަރްޝަންގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހީރާ ޕޭރީ، ހަންގާމާ، ހަލްޗަލް، ކިޔުންކީ، ޗުޕް ޗުޕް ކޭ، ބޫލް ބުލައްޔާ އަދި ދޭ ދަނާ ދަން ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top