ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
”ބޮސް“ ބަލަން ބައިސްކޯފަށް ވަންނަމާ!

އަސަރުގަދަ ރީތި ދިވެހި ފިލްމެއް ބަލައިންލަން ބޭނުން ހެއްޔެވެ. ނަހޫ ސްޓައިލްގެ ފިލްމެއް ބަލައިލަން ބޭނުން ހެއްޔެވެ. އަވަހަށް ބައިސްކޯފަށް ދަމާ ހިނގާށެވެ. އެކަމަކު މިފަހަރު ދާނީ އަތުގައި އޮތް ފޯނުން ވަދެވޭ ބައިސްކޯފަށެވެ. އާނއެކެވެ. ފާތުމަތު ނަހުލާގެ “ބޮސް” ބަލަން ބައިސްކޯފަށް ވަންނަން ހިނގާށެވެ.

މަރިޔަމް ޢައްޒަ އާއި މުޙައްމަދު ޔުނާން ލީޑުން ފެނިގެންދާ ފިލްމް “ބޮސް” ބައިސްކޯފު އެޕްލިކޭޝަންގައި މިއަދު ސްޓްރީމް ކުރަން ފަށާނެއެވެ.

މުއްސަނދި އަންހެން ކުއްޖެއްގެ މުދާތައް ފޭރިގަންނަން ބަޔަކު ކުރާ މަސައްކަތް ދައްކައިދޭ ފިލްމް ބޮސް ގައި ލީޑް ރޯލް އަދާކޮށްފައި ވަނީ ބަތަލާ މަރިޔަމް އައްޒައެވެ. ފިލްމްގައި އައްޒައަކީ ނަފްސާނީގޮތުން ބަލިކަށިވެފައިވާ އަންހެން ކުއްޖެކެވެ. އައްޒަގެ ބައިވެރިޔާގެ ރޯލުން ފެނިގެންދަނީ ފީޗާ ފިލްމަކުން އަލަށް ތަޢާރަފުވި މުޙައްމަދު ޔުނާން އެވެ. ޔުނާންގެ އެކުވެރިއެއްގެ ރޯލުން އަލީ އާޒިމް (ދޮން އައްޔަ) ފެނިގެންދެއެވެ.

https://www.facebook.com/1750964688277651/posts/3350779731629464?vh=e&sfns=mo

ފިލްމުގައި މޮޅު ނެގެޓިވް ރޯލެއް ދައްކައިދީފައި ވަނީ ފާތިމަތު އާޒިފާ (އަޒޫ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސް ކޮށް، ނަހޫގެ ވަރަށް އަސަރުގަދަ ވާހަކަ އަކަށް ހަދާފައިވާ މި ފިލްމު ޑައިރެކްޓް ކުރީ އާއިޝަތު ރިޝްމީ ރަމީޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top