ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގުޑް ނިއުސް” އަންނަނީ

ބޮލީވުޑްގެ ކުޅަދާނަ ތަރި އަކްޝޭ ކުމާރުގެ ކޮމެޑީ ފިލްމު ‘ގުޑް ނިއުސް’ ރިލީޒް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް އަކްޝޭ ކުމާރު ވަނީ ބުނެފައެވެ.

އެ ފިލްމުގައި އަކްޝޭ އަދާ ކުރާ ރޯލް ކަމަށްވާ ވަރުން ބަތުރާގެ މެޑިކަލް ރިޕޯރޓް އަކްޝޭ ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. މި ރިޕޯރޓުގައި ވަރުން ބަތުރާއަށް ޖެހިފައިވާ ބަލީގެ ފަރުވާ އަކީ ކޮންމެ ހާލެއްގައި ވިޔަސް އަނބިމީހާގެ ބަސް އެހުމެވެ.

ޑިސެމްބަރ 27 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރު ވެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާއެވެ. ފިލްމުގެ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު، ކަރީނާ ކަޕޫރް އެވެ. މުހިންމު ރޯލުތަކުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވެސް ފެންނާނެއެވެ.

މި ފިލްމުގައި ކަރީނާގެ ދަރިފުޅު ތައިމޫރު ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.

“ގުޑް ނިއުސް”ގެ ވާހަކަ ބިނާކޮށްފައި ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންގެ ދިރިއުޅުމުގެ މައްޗަށެވެ. މިއީ މަޖާ ފެމެލީ ޑްރާމާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top