ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
8000 ކިލޯމީޓަރު ދުރުން އަންނަ ފީނާދޫނި

ބްރެޒިލްގައި ވަލުޖަނަވާރު ގެންގުޅުމަކީ މަނާކަމެކެވެ. ކަން މިހެން އޮތްނަމަވެސް، ޑިންޑިމް އޭތީގެ އެންމެ ގާތް މިތުރާއެކު ކޮންމެ އަހަރަކު ވަގުތުކޮޅެއް ހޭދަކޮށްލަން 8000 ކިލޯމީޓަރުގެ ދަތުރެއް ކޮށްފައި ބްރެޒިލަށް އާދެއެވެ. އޭނާއާ ޑިންޑިމް ބައްދަލުވީ 2011 ވަނަ އަހަރު ބްރެޒިލްގެ ގޮނޑުދޮށުންނެވެ.

ޑިމްޑިންގެ މިތުރަކީ ގާއެޅުމުގެ މަސައްކަތާއި ހުސްވަގުތެއް ލިބިއްޖެނަމަ މަސްވެރިކަންކުރާ އުމުރުން 71 އަހަރުގެ ރިޓަޔަރ ކޮށްފައިވާ ޖޮއާއޯ ޕެރެއިރާ ޑިސޯޒާ ނަމަކަށް ކިޔާ ބްރެޒިލްގެ ރައްޔިތެކެވެ. އޭނާއަށް ދެކުނު އެފްރިކާގެ އެ ފީނާދޫނި (ޕެންގުއިން) ފެނުނީ ގޮނޑުދޮށުގައި ތެލުން ތަތްތެޅި މަރުވާން ކައިރިވެފައި އޮއްވައެވެ. ޑިސޯޒާ އޭއްޗަށް ހޭހަންކޮށް ފަރުވާދީ ފުރިހަމަ ސިއްހަތަކަށް ގެނައުމުން އޭތި ޑިސޯޒާ ދޫކޮށް ދާކަށް ބޭނުމެއް ނުތްވެވެ. ނަމަވެސް 11 މަސްދުވަހު އެކުގައި އުޅުމަށްފަހު އޭތި ދިޔައެވެ. އެއަށްފަހު ކޮންމެ އަހަރަކު ޑިސޯޒާ ގާތަށް އެދޫނި އާދެއެވެ.

“އަހަރެން އެ ފީނާދޫނިދެކެ ދަރިއެއްފަދައިން ލޯބިވަން. އަދި އޭތިވެސް އަހަރެންދެކެ ވަރަށް ލޯބިވޭ.” ޑިސޯޒާ ގްލޯބޯ ޓީވީގައި ބުންޏެވެ.

“އެހެން އެއްވެސް މީހަކު އޭތީގައި އަތްލާކަށް ނުރުހޭ. އަތްލައިފިނަމަ ކޮށައިގަނޭ. އޭތި އަހަރެންގެ އުނގުގައި އޮވޭ. ފެންވަރުވައި ރީތިކޮށް ހަދަން. އަހަރެން އޭއްޗަށް ސާޑިން މަސް ކާންދެން.”

“އޭތި އަހަރެން ދޫކޮށް ދާ ކޮންމެފަހަރަކު މީހުން ބުނަނީ ދެން އޭއްޗެއް ނާންނާނެއޭ. އެކަމަކު ވޭތުވެދިޔަ 4 އަހަރުވެސް އޭތި 8000 ކިލޯމީޓަރު ދަތުރުކޮށްފައި އަހަންނާ ބައްދަލު ކުރަން އައި.”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top