މަޝްހޫރު ހިންދީ ސީރީޒް ‘ޔޭހޭ މޮހައްބަތޭން’ގެ ބަތަލް ރަމަން ބައްލާ (ކަރަން ޕާޓޭލް) އަށް އަންހެން ދަރިއަކު ލިބިއްޖެއެވެ. ކަރަންގެ އަންހެނުން އަންކިތާ ވިހާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި އަންކިތާ ވިހާފައި މިވަނީ ޔޭހޭ މޮހައްބަތޭންގައި ކަރަންގެ އަންހެނުންގެ ބައި ކުޅެމުން އަންނަ ދިވްޔަންކާގެ ވެސް އުފަން ދުވަހުއެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން ކަރަން ބުނީ މިއަދަކީ އެންމެ އުފާވެރި ދުވަސް ކަމަށާއި އަންކިތާއާއި ދަރިދުޅުގެ ހާލު ރަނގަޅުކަމަށެވެ.
ގިނަ އަހަރުތަކެއްވަންދެން ދައްކަމުން އަންނަ ޔޭހޭ މޮހައްބަތޭން މި ޑިސެމްބަރު މަހު ނިންމާލާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ޚިޔާލު
