ޝާނީޒް ޢަލީ ޕްރޮޑިއުސްކޮށް ސީޒަންގެ ‘އެސް ޕްރޮޑަކްޝަންސް’ އިން އުފައްދާ ”ލޯބިވެވިއްޖެ“ގެ ޝޫޓިން، މިމަހު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ފަށައިފިއެވެ.
”ލޯބިވެވިއްޖެ“ ޝޫޓިންގެ ބައެއް ފޮޓޯތައް އާއްމުކޮށްފައިވާއިރު، ގދ. ތިނަދޫގެ ވަރަށް ހިތްގައިމު މަންޒަރުތައް ހިމެނޭ ފޮޓޯތައް އާއްމުކޮށްފައިހުރިކަން ފާހަގަކޮށްލެވެއެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ސީޒަންއެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރަނީ ދަބާ އެވެ.

ފިލްމު “ލޯބިވެވިއްޖެ” ކެމެރާ ކުރުމުގައި ދަބާ – ފޮޓޯ: އެސް ޕްރޮޑަކްޝަންސް
މަލްޓި ކާސްޓެއް ހިމެނޭ ”ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ.
ތިނަދޫގައި ފިލްމުގެ ޝޫޓިން ފަށާފައިވާއިރު، މި ފިލްމުގެ 50 އިންސައްތަ ޝޫޓިން އަވަށްޓެރި ސްރީ ލަންކާގައިވެސް ނަގާނެއެވެ.

ފިލްމު “ލޯބިވެވިއްޖެ” ގެ ޝޫޓިން ތެރެއިންން- ފޮޓޯ: އެސް ޕްރޮޑަކްޝަންސް
ފިލްމުގެ ލަވަތަކުގެ ތެރެއިން ”އިޝްގުގާ“ ލަވައިގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. އިބްރާހިމް ނިފާރު (ތިއްތި) މިއުޒިކް ހަދާފައިވާ މި ލަވައިގެ އަޑުގެވެރިޔަކީ މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ އަޙްމަދު އިބްރާހިމް (އައްމަޑޭ) އެވެ. މީގެ އިތުރަށްވެސް އިތުރު ބައެއް ލަވަތަކުގެ މަސައްކަތްތައް ވެސް ފެށިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމު “ލޯބިވެވިއްޖެ” ގެ ޝޫޓިން ތެރެއިންން- ފޮޓޯ: އެސް ޕްރޮޑަކްޝަންސް
މި ފިލްމު ރިލީޒްކުރުމަށް އަމާޒުހިފާފައި ވަނީ އަންނަ އަހަރު ރަމަޟާން މަހުގެ ފަހުން ކަމަށް ސީޒަން ބުނެއެވެ.
ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!