ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިއްފަތުގެ އައު ލަވައެއްގެ ޝޫޓިންއަށް ތައްޔާރުވެއްޖެ

ހިތްގައިމު، ރީތި ލަވަތަކެއް ގެނެސްދެމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އައު ލަވައެއްގެ ޝޫޓިންއަށް ތައްޔާރުވެއްޖެއެވެ. މިއީ ރިއްފަތުގެ އަޑުން ކިޔާފައިވާ ލަވައެއް ނީވޭތާ ދުވަސްކޮޅެއް ފަހުން، ރިއްފަތު ގެނެސްދޭ “ޔާރު ދިވާނާ” އެވެ. ލަވައިގެ ޝޫޓިން އަންނަ އާދީއްތަ ދުވަހު ފަށާނެއެވެ.

ރިއްފަތު ބުނީ މި ލަވައިިން ފެނިގެންދާނީ މިވަގުތު ދިވެހި ސިނަމާގައި އެންމެ ވިދުންގަދަ އެއް ފިރިހެން ތަރި، ޢަލީ އާޒިމް (ދޮން އައްޔަ) ކަމަށެވެ. ލަވައިން ފެނިގެންދާ އަންހެން ބައިވެރިޔާގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލޯބީގެ ހިތްގައިމު މި ލަވައިގެ ވީޑިއޯއިން ހިތްގައިމު އަންހެން ކުއްޖެއް ފެނިގެންދާނެކަމަށް ރިއްފަތު ބުންޏެވެ.

ރިއްފަތުގެ އަޑުން ކިޔާފައިވާ މި ލަވައިގެ މިއުޒިކް އަދި ރެކޯޑިން ހެދީ ކޮއްކޮ އެވެ. ލަވައިގެ ޅެން ހެދީ އަޙްމަދު އިސްމާޢީލް (އަންމަޑޭ) އެވެ.

ރިއްފަތު އަދި މަނިކް

“ޔާރު ދިވާނާ” ލަވައިގެ ވީޑިއޯ މަސައްކަތަށް ބަލާލާއިރު، ކެމެރާ، ޑައިރެކްޝަން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ ‘މަނިކް އާޓްސް’ އިންނެވެ

ކިޝޯރް ކުމާރް ކިޔާފައިވާ ‘ޕިޔާރް ދިވާނީ ހޯތާހޭ’ގެ ރާގަށް ރިއްފަތު ކިޔާފައިވާ މި ލަވަ ޕްރޮޑިއުސްކޮށް ބެލުންތެރިންނަށް ގެނެސްދެނީ ރިއްފަތުއެވެ. މި ލަވަ ބެލުންތެރިންނާއި ހަމައަށް ވަރަށް އަވަހަށް އަންނާނެ ކަމަށް މުނިއަވަސްއަށް ރިއްފަތު ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top