ދިވެހި ފިލްމީ ސިނާޢަތުގެ ރާނީ ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ލޭބަލްއިން ގެނެސްދޭ ދެވަނަ ފީޗާ ފިލްމު، “ކަޅަކި“ގެ ޝޫޓިން ސްރީ ލަންކާގައި ފަށައިފިއެވެ.
ކެމެރާގެ ކުރިމަތީގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެކްޓިން އިން ރިޓަޔަރކޮށް އަމިއްލަ ޕްރޮޑަކްޝަން ލޭބަލް ‘ނިއުޒޯ ފިލްމްސް’ އިން ގެނެސްދޭ ދެވަނަ ފިލްމު “ކަޅަކި” އެއްކޮށް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ލަންކާގައި ކަމަށް ނިޢުމާ ބުނެއެވެ.

ފިލްމު “ކަޅަކި”ގެ ޝޫޓިން ތެރެއިން – ފޮޓޯ: ކަޅަކި ޓީމް
“ކަޅަކި“ގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.
“ކަޅަކި” ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ހަދަނީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ސްކްރީންޕްލޭ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ޔޫއްޕެއެވެ. ސަސްޕެންސް ތްރިލާ “ކަޅަކި” ކެމެރާކުރަނީ ދަބަ އެވެ.

ފިލްމު “ކަޅަކި”ގެ ޝޫޓިން ތެރެއިން – ފޮޓޯ: ކަޅަކި ޓީމް
“ކަޅަކި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ފިލްމު “ކަޅަކި”ގެ ޝޫޓިން ތެރެއިން – ފޮޓޯ: ކަޅަކި ޓީމް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!