ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހުވާ” ސީޒަން 2 ގެ ޓްރެއިލަރ ދައްކާލައިފި

މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ)ގެ ވެބް ސީރީޒް “ހުވާ” ސީޒަން 2ގެ ޓްރެއިލަރ ދައްކާލައިފިއެވެ.

ކާމިޔާބު ކަމާއެކު ބައިސްކޯފުން ދައްކަމުން އަންނަ “ހުވާ-02” މިމަހު 30ގައި ދައްކަން ފަށާނެއެވެ.

ފާތިމަތު ނަހުލާގެ ’ތައްގަނޑު ޖެހިގެން‘ ހަދަމުން އަންނަ ”ހުވާ-2“ ގެ ފުރަތަމަ އެޕިސޯޑްތައް ޑައިރެކްޓްކޮށްފައިވަނީ ރާއްޖޭގެ އެންމެ ފުންނާބު އުސް އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. އެއީވެސް ނަހުލާގެ ސީދާ ބެލުމުގެ ދަށުންނެވެ.

ސީޒަން 2ގައި އައު ތަރިންތަކެއް ހިމަނައިގެން ޔޫއްޕެގެ ސަތޭކަ އިންސައްތަ ’އިންޕުޓާ’އެކު ގެނެސްދޭ ”ހުވާ-2“ ގެ އެޕިސޯޑްތައް ވެސް ލިޔެފައިވަނީ ނަހޫ އެވެ.

“ހުވާ-02” ގެނެސްދޭއިރު އާ ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އައްޒަ (މިންހާ) ގެ ފިރިމީހާގެ ރޯލުން މިފަހަރު ފެނިގެންދާނީ ޢަބްދުﷲ މުއާޒް (މުއާ) އެވެ. މީގެ އިތުރުން އަޙްމަދު އަޒްމީލް (އަޒޭ) ވެސް މި ސީޒަންގެ އެޕިސޯޑުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް މޫނަކީ ފިލްމީ ދާއިރާގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ އައިންތު (އައްޒަގެ މަންމަ) ވެސް ވަރުގަދަ ރޯލަކުން ފެނިގެންދާނެ ކަމެވެ.

https://www.facebook.com/baiskoafu/videos/1073713399639183/?v=1073713399639183

”ހުވާ ދެވަނަ ސީޒަންގެ ވާހަކަ އެއްދުވަހަށް ވުރެ އަނެއް ދުވަސް އިންޓަރެސްޓިންގ ވެގެން އަންނާނެ، ….މިފަހަރު އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނެޓް.“ އެޕިސޯޑެއްގެ ވަގުތު 20 މިނެޓަށް އިތުރުކޮށްފައިވާކަން ވެސް މީގެ ކުރިން މުނިއަވަސް މެދުވެރިކޮށް މީޑިއާއަށް ނަހޫ ހާމަކޮށްފައި ވެއެވެ.

ޓްރެއިލަރ ނިންމާލަމުން ފައިސަލްގެ އަޑުން އިވިގެންދާ “އަހަރެމެންގެ ދިރިއުޅުމުގެ ހަނގުރާމަތައް އަދި މި ފެށުނީ.” އިން “ހުވާ-02” ޝައުރުޤުވެރިވާނެވަރު އިތުރުކޮށްދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
hajam6 އަހަރު ކުރިން

hahahahah Thi Huvaa ge Title animation ge Template akee free template eh. Amilla eccheh hadhan neynguneetha????

Home
Menu
Search
Back to top