މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން މިއަހަރު އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގުމަށް ރޭވިފައިވާ މަސްވެރިކަމާގުޅޭ ތަމްރީނު ޕްރޮގްރާމް ފަށައިއެވެ.
މިގޮތުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށްވާ “އަގުއެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ތަމްރީނު” ވަނީ 29 ޖެނުއަރީ 2020 ގައި ރ. ހުޅުދުއްފާރުގައި ފަށާފައެވެ.
މި ތަމްރީނު ޕްރޮގްރާމް އިފްތިތާހްކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އިބްރާހިމެވެ.
ކައުންސިލް ރައީސްގެ ވާހަކަފުޅުގައި، މިލިބުނު އަގުހުރި ފުރުޞަތުގެ ބޭނުންކޮށް، މިޕްރޮގްރާމްގައި ދެވޭ މަޢުލޫމާތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އަމަލީ މަސައްކަތުގައި ފުރިހަމަޔަށް ބައިވެރިވެ މިޕްރޮގްރާމް ފުރިހަމަކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި މިޕްރޮގްރާމްގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ތަނަވަސްވާނޭކަމަށް އުންމީދު ކުރާކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން، މިޖަލްސާގައި މިޕްރޮގްރާމާއި ގުޅޭގޮތުން މިޕްރޮގްރާމްގެ އިންސްޓްރަކްޓަރ އަލްފާޟިލް އާދަމްމަނިކު ވާހަކަފުޅު ދެއްކެވިއެވެ.
މި ފެބުރުވަރީ މަހުގެ 3 ގެ ނިޔަލަށް ހުޅުދުއްފާރުގައި ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމްގައި 17 އަންހެނުންނާއި 11 ފިރިހެނުން ހިމެނޭ ގޮތަށް ޖުމްލަ 28 ފަރާތެއް ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގައި ތިޔަރީ ބައިތަކަކާއި އެކު ޢަމަލީ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެވެ. މިގޮތުން، އަގުއެއްކުރި ތަފާތު ބާވަތްތައް ތައްޔާރުކުރުމަށް ދަސްކޮށްދެވޭނެއެވެ. އަދި މަސްވެރިކަމުގެ މިފަދަ ކުޑަ ވިޔަފާރިއެއް ހިންގާނެގޮތާއި، ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެވިޔަފާރީގެ ލިޔެކިޔުމާއި ހިސާބު ބެލެހެއްޓުން ފަދަ މުހިންމު މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭނެއެވެ. އޭގެ އިތުރުން، ވިޔަފާރީގެ އުސޫލުން ޖަމާޢަތެއްގެ ގޮތުގައި މިފަދަ ވިޔަފާރިއެއް ހިންގާނެގޮތާއި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ބެހޭގޮތުން މިޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ. މިޕްރޮގްރާމް ހިންގަމުންދަނީ ރ. ހުޅުދުއްފާރުގެ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައެވެ. މިޕްރޮގްރާމްގައި ތަމްރީނު ދެއްވާނީ، މިނިސްޓްރީގެ ކަމާގުޅޭ ދާއިރާގެ ފަންނީ 2 އިންސްޓްރަކްޓަރުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި