ނިއުޒޯ ފިމްސްގެ ދެވަނަ ފިލްމު “ކަޅަކި”ގެ ޝޫޓިން ބާރު ސްޕީޑްގައި އަވަށްޓެރި ސްރީ ލަންކާގައި ކުރިއަށްދާއިރު، ފިލްމުގެ ޑައިރެކްޓަރ ޔޫސުފް ޝަފީޢު އާއި އޭނާގެ ކްރޫ އަދި ފިލްމުގެ ތަރިން ފިލްމު ނިންމުމަށް، މަސައްކަތުގެ ސްޕީޑް ހިފާފައިވަނީ މެކުހަށެވެ.
ފިލްމު “ކަޅަކި”ގެ ޝޫޓިން، އިއްޔެ ކުރިއަށް ގެންދިޔައީ ސްރީ ލަންކާގެ ނުވަރަލިޔާގެ ފިނިފިނި މާހައުލުގައެވެ. މިއަދު ކެންޑީގައި ޝޫޓްކުރުމަށްފަހު، މިރޭ ކޮލޮމްބޯއަށް ހިނގައްޖެއެވެ. މުނިއަވަސް އަށް މިމަހުގެ 02ވަނަ ދުވަހު ނިޢުމާ ބުނީ ފިލްމުގެ މަސައްކަތް ނިންމައިލުމަށް ޔޫއްޕެ އާއި ޓީމު މަސައްކަތް ކުރަމުންދަނީ ނުވަރަލިޔާގައި ކަމަށެވެ.
ފިލްމުގެ އެއް ތަރި، ޢަލީ ސީޒަން ވެސް ބުނީ ފިލްމުގެ ޝޫޓިން ނިންމައިލުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ފިލްމު ”ކަޅަކި”ގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.
ފިލްމު “ކަޅަކި”ގެ ޑައިރެކްޝަންގެ އިތުރުން، ސްކްރީންޕްލޭ ލިޔުނީވެސް ޔޫއްޕެއެވެ. ކެމެރާ ކުރަނީ އިބްރާހީމް މޫސާ (ދަބަ) އެވެ.
ނިއުމާ ބުނީ ފިލްމު އަޅުވާނެ ތާރީޚެއް އަދި ނިންމާފައި ނުވާކަމަށެވެ.
“ކަޅަކި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!