ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބާގީ 3 ގެ ޓްރެއިލާއަށް 24 ގަޑިއިރުތެރޭގައި 59 މިލިޔަން ވިއުޒް

ބޮލީވުޑްގެ މަޝްހޫރު ތަރި ޖެކީ ޝްރޮފްގެ ދަރިފުޅު، ޓައިގަރ ޝްރޮފްގެ ކުރިއަށް އޮތް ފިލްމު “ބާގީ 3″ގެ ޓްރެއިލަރ މިދިޔަ ހުކުރު ދުވަހާއި ހަމައަށް ވެފައި މިވަނީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ބޮލީވުޑް ފިލްމެއްގެ ޓްރެއިލަރ ކަމުގައެވެ.

ޓައިގާގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުގައި ހަރަކާތްތެރިވަނީ ބަތަލާ ޝްރައްދާ ކަޕޫރް އެވެ. ބާގީގެ ފުރަތަމަ ބައިގެވެސް ލީޑުރޯލު ކުޅުނީ ޝްރައްދާއެވެ.

މި ދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރިލީޒްކުރި ޓްރެއިލަރއިން ޓައިގަރ އާއި މި ފިލްމުގެ ދެވަނަ ބައިން ފެނިގެން ދިޔަ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ ފެނިގެންދެއެވެ.

“ބާގީ 3” ރިލީޒްކުރާނީ މާރިޗް މަހުގެ ހަވަނަ ދުވަހު އެވެ. “ބާގީ 3” ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެއެވެ.

ޓައިގަރ ޝްރޮފްގެ ކުރިއަށް އޮތް ފިލްމުގެ ޓްރެއިލަރ އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާއިމެދު ޝުކުރު އަދާކޮށް އޭނާގެ އިންސްޓަގްރާމުގައި ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓްގައި ފާހަގަކޮށްފައި ވަނީ ފިލްމުގެ ޓްރެއިލަރ އަށް އެއް ދުވަސް ތެރޭގައި 59 މިލިޔަން ވިއުޒް ލިބިފައިވާކަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top