ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރުފާން ޚާން ކުޅުނު ފުރަތަމަ ފިލްމު ”އަނގްރޭޒީ މީޑިއަމް“ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒްކުރި އިރްފާންގެ ކާމިޔާބު ފިލްމު ”ހިންދީ މީޑިއަމް“ގެ ދެވަނަ ބައެވެ. ފިލްމުގެ ތަރިންގެ ތެރޭގައި އިރްފާން ޚާން، ކަރީނާ ކަޕޫރް، ރާދިކާ މަދަން، ދީޕަކް ދޮބްރިޔާލް، ޑިމްޕަލް ކަޕާޑިއާ އަދި ރަންވީރު ޝޯރޭ ފަދަ ތަރިން ހިމެނެއެވެ.
”އަނގްރޭޒީ މީޑިއަމް“ ޑައިރެކްޓްކޮށްފައިވަނީ ”ކޮކްޓެއިލް“ އަދި ”ފައިންޑިންގ ފެނީ“ ގެނެސްދިން ހޯމީ އަދަޖާނިއާއެވެ.
މިއަހަރު އެންމެ ގިނަ ބައެއްގެ އިންތިޒާރާއި ގުޅިފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




