އާދަޔާޚިލާފު ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔަ “ކަމަކުނުދޭ” އުފެއްދި މަޝްހޫރު ‘ބީޓޮލީ ސްޓޫޑިއޯ’ އިން އުފެއްދި ހިޕްހޮޕް އަލްބަމް “ކޯޅިމާ” ރިލީޒްކޮށްފިއެވެ. މިހާރު ލަވަފޮށި އެޕްލިކޭޝަނުން އަހައިލެވެން އޮތް މި އަލްބަމުގެ ލަވަތައް ތަފާތުވެފައި ޗާލުކަން ފާހަގަކޮށްލެވެއެވެ.
ޖުމްލަ 16ލަވަ ހިމެނޭ މި އަލްބަމްގައި ހިމަނާފައިވަނީ ވަރަށް ރީތި މެލޮޑީތަކެއްކަން ފާހަގަކޮށްލެވެއެވެ. މެލޮޑީތަކުގެ ހިތްގައިމުކަން އިތުރަށް ހިތްގައިމުވެފައިވަނީ އެހާމެ ހިތްގައިމު މިއުޒިކެއް ހިމެނިފައިވާތީއެވެ.
އަލްބަމްގެ ޓްރެކްތަކުގެ ތެރެއިން “މާދަމާ” ފިޔަވައި ހުރިހައި ޓްރެކެއް ހަދާފައިވަނީ އިރުފާން ލަތީފް (ޓްރޯ) އެވެ.
“ކޯޅިމާ“ގެ ލަވަތައް ކިޔާފައިވަނީ ޓްރޯގެ އިތުރުން ޖަންޓްޒް، އިންޓެ، ޝައްޒެ، މަންނު، ނިންނި، ނުޒްހަތު، ސެންޔާ، ސަނާ، އޭޔޫޖީ އަދި އަޖޫ އެވެ. ފީޗަރިން އާޓިސްޓުންގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިންތަކެއް ވެސް “ކޯޅިމާ” ފުރިހަމަކޮށްދިނުމަށް ހިއްސާވެފައިވެއެވެ. އެގޮތުން ހަމޫދް އަޙްމަދު، ޝަލަބީ އިބްރާހިމް، ހައްވާ އަޝްރާ އަދި މުހައްމަދު ތަސްނީމް (ބޮބް)ގެ ހިތްގައިމު ލަވަތަކެއްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
“ކޯޅިމާ“ގެ ލަވަތަކުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ލަވައެއް ހިމެނެއެވެ. ‘ދޯކާ’ގެ ނަމުގައި ޖަންޓްޒް، ޓްރޯ އަދި އަޝްރާ ކިޔާފައިވާ ލަވައިގައި ދިވެހި ޅެންވެރިަމުގެ އިތުރުން ހިންދީ އަދި އިނގިރޭސި ޅެންވެރިކަންވެސް ހިމެނެއެވެ. މުނިއަވަސް އަށް ޓްރޯ ބުނީ ހިންދީ ލިރިކްސް ހެދީވެސް އަމިއްލައަށް ކަމަށެވެ. ހިންދީ ލިރިކްސް ކިޔާފައިވާލެއް ވެސް އެހާމެ ފުރިހަމައެވެ.
އަލްބަމްގެ ފުރިހަމަކަން ބަލައިލަން “ކޯޅިމާ” ލިންކަން ފިއްތައިލާ ހިތްގައިމު މާކޯޅިތަކުގެ މީރުވަހުން އުފާވެރިކަން ހޯދާލާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!