ރާއްޖޭގަައި ފިލްމު އުފައްދާ ފަރާާތްތަކުގެ މެދުގައި ވާދަވެރިކަން އޮންނަ އޮތުމަކީ ހަމަ ގައިމުވެސް ރަނގަޅު އުފެެއްދުން ތަކެއް ނިކުތުމަށް އޮތް ހެޔޮ ފާލެކެވެ. އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ’ދިވެހި ފިލްމު އެވޯޑްސް‘ އަށް ވަރުގަދަ ފިލްމު ތަކެއް ޕްރޮޑިއުސަރުން ހުށައެޅުމަށް ނިންމާފައި ވާއިރު، ނަހުލާ ގެ ބިރުވެރި ފިލްމު ”4426“ ފިލްމު އެވޯޑްގައި ބައިވެރިކުރުމުން އެހެން ފިލްމުތަކަށް ހުރި ބިރަކަށް ވެދާނެ ކަމަށް ހަމަ ގައިމުވެސް ނަހުލާ އާއި ވާދަކުރާ ޕްރޮޑިއުސަރުން ހިތަށް އަރާނެ އެވެ.
މުނިއަވަސް އަށް މަޢުލޫމާތު ދެމުން ފާތިމަތު ނަހުލާ ބުނީ މިފަހަރުގެ ފިލްމު އެވޯޑަށް އޭނާ ހުށައަޅާ ހަމައެކަނި ފިލްމަކީ ’4426‘ އެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފުރަތަމަ ބިރުވެރި ފިލްމެވެ.
ނަހުލާއާއި އަހުމަދު ޝިނާން ޑައިރެކްޓުކޮށްފައިވާ އެ ފިލްމަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ނަހުލާގެ ކުރީގެ ފިލްމުތަކާއި ޑްރާމާތަކުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ތަރިންގެ އިތުރުން ޒުވާން ތަރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފިީއު (ޔޫއްޕެ)، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އަހުމަދު ޒިޔާ، ޖިމީ އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގެ އެއްމެ ކާމިޔާބު އެއް ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ފިލްމު ތަކަކީ އުފެއްދުމުގައި ކޮލިޓީ ހުންނަ، ބެލުންތެރިންނަށް ކަމުދާ ފިލްމު ތަކެކެވެ. އެހެންކަމުން ނަހުލާގެ ފިލްމެއް ’ދިވެހި ފިލްމު އެވޯޑް‘ ގައި ބައިވެރިކުރުން ވެގެންދާނީ އެހެން ޕްރޮޑަކްޝަން ހައުސް ތަކަށް ހުރި ބިރުވެރި ކަމެއް ކަމަށް ބެލެވެއެވެ.
ނަހުލާ ގެ އެއްމެ ބޮޑު ވާދަވެރިޔާ ޢަބްދުލް ފައްތާޙް ގެ ފަރާތުން ހުށައަޅަނީ ކޮން ފިލްމުތަކެއްތޯ އޮޅުންފިލުވުވާލުމަށް ސުވާލުކޮށްލުމުން ފައްތާހް ގެ ފަރާތުން އަދި ވަނީ ޖަވާބެއް ނުލިބިފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




