ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ވެބް ސީރީޒް “ހުވާ”ގެ ސީޒަން ދޭއްގެ ބައެއް އެޕިސޯޑްތައް މިވަގުތު ސްރީލަންކާގައި ޝޫޓްކުރަމުން އަންނަކަމަށް ފާތުމަތު ނަހުލާ (ނަހޫ) ބުނެފިއެވެ.
“ހުވާ-02″ގެ ޝޫޓިންތައް ލަންކާގައި ކުރިއަށްދާކަން ފުރަތަމަ ފަހަރަށް މީޑިއާއަށް މުނިއަވަސް މެދުވެރިކޮށް ހިއްސާކުރަމުން ނަހޫ ބުނީ ލަންކާގައި ކުރިއަށްދަނީ ވަރަށް ބޮޑު ޝޫޓިންތަކެއް ކަމަށެވެ. ނަހޫ ބުނީ ލަންކާގައި ކުރިއަށްދަނީ ބޭރުވެށީގެ (އައުޓް ޑޯ) ޝޫޓިންތަކެއް ކަމަށެވެ. އެގޮތުން ލަންކާގެ ޓްރެފިކް ބޮޑު މަގުތައްމަތީގައި އުނދަގޫ ޝޫޓިންތަކެއް ކުރަމުން އަންނަ ކަމަށެވެ.
ލަންކާގައި ކުރިއަށްދާ އެޕިސޯޑްތައް ޑައިރެކްޓްކުރަނީ ފައިސަލް އެވެ. ފައިސަލް ޑައިރެކްޓްކުރާ ބައިތައް ފެށުނީ ވަރަށް ވަރުގަދަ ހިސާބަކުންކަމަށް ނަހޫ މަޢުލޫމާތުދެއެވެ.
“ޑްރާމާއެއްގެ ޝޫޓިންއަކަށް މިވަރުގެ ޚަރަދެއް ކުރުންވެސް މީ ބޮޑުކަމެއް. އަދި ރާއްޖޭގެ ފިލްމަކުން ނުފެންނަ ކަހަލަ ޝޫޓްތަކެއް ލަންކާގަ މި ހެދީވެސް.” ލަންކާގެ ޝޫޓިންތަކާމެދު ނަހޫ ބުންޏެވެ.

ލަންކާގައި ކުރިއަށްދާ “ހުވާ”ގެ ޝޫޓިން ގައި ލަންކާގެ ތަރިންވެސް ބޭނުންކުރޭ
ލަންކާގެ މަޝްހޫރު ހޮސްޕިޓަލެއް ކަަމަށްވާ “ނަވަލޯކާ ހޮސްޕިޓަލް” ގައިވެސް ޝޫޓިންތަކެއް ކޮށްފައިވެއެވެ. ލަންކާގެ ޝޫޓިންތަކުގައި ސީރީޒްގައި ޣާނިމްގެ ރޯލުކުޅޭ ޢަލީ އާޒިމް (ދޮން އައްޔަ)، ނާޒިމްގެ ބައި ކުޅޭ ފައިސަލް އާއި ނާޒިމްގެ އަނބިމީހާގެ ރޯލުކުޅޭ ރިޝްފާވެސް ބައިވެރިވެއެވެ.

ލަންކާގައި ކުރިއަށްދާ “ހުވާ”ގެ ޝޫޓިން ތެރެއިން ނަވަލޯކާ ހޮސްޕިޓަލްގައި
“ލަންކާގަ ޝޫޓްގަ ޕްރޮޑަކްޝަން މެނޭޖްކޮށް ހެންޑްލްކުރީ ޖާދު.” ނަހޫ ބުނީ ލަންކާގެ ޝޫޓިންތައް ރާވައި ހިންގުމުގައި ޖާދުﷲ (ޖާދު) އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަކަމަށެވެ.
“ޖާދު އާއި ޒިލާގެ އެހީތެރިކަން ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުން. ޖާދުގެ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށް ވަރަށް ބޮޑު ޝުކުރެއް ރައްދުކޮށްލަން ބޭނުންވޭ. ޖާދު ނެތްނަމަ މިކަހަލަ ޝޫޓެއް ރޭވުމަކީ ދަތިކަމެއް.” ނަހޫ ބަުނީ ލަންކާ ޝޫޓިންތަކުގައި ލަންކާގެ ބައެއް ކުދިންވެސް ބައިވެރިވާކަމަށެވެ.

ލަންކާގައި ކުރިއަށްދާ “ހުވާ”ގެ ޝޫޓިން ގައި ޖާދު އާއި ދޮން އައްޔަ
ލަންކާގެ ޝޫޓިންއާބެހޭ ގޮތުން “ހުވާ” ފޭސްބްކް ޕޭޖުން މިރޭ ކޮށްފައިވާ ޕޯސްޓެއްގައިވެސް ޖާދުގެ މަސައްކަތާއި ފައިސަލްގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.
“ހުވާ” ސީޒަން ދޭއްގެ ފަސް އެޕިސޯޑް މިހާތަނަށް ވަނީ ދައްކާފައެވެ.
”ހުވާ-02“ ގެނެސްދޭއިރު އާ ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އައްޒަ (މިންހާ) ގެ ފިރިމީހާގެ ރޯލުން މިފަހަރު ފެނިގެންދަނީ ޢަބްދުﷲ މުއާޒް (މުއާ) އެވެ. މީގެ އިތުރުން އަޙްމަދު އަޒްމީލް (އަޒޭ) ވެސް މި ސީޒަންގެ އެޕިސޯޑުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް މޫނަކީ ފިލްމީ ދާއިރާގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ އައިންތު (އައްޒަގެ މަންމަ) ވެސް ވަރުގަދަ ރޯލަކުން މިހާރު ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ޓިކް ޓޮކްގެ މަޝްހޫރު ތަރި ޝާއިފް ވެސް މުހިންމު ރޯލަކުން ފެނިގެންދާނެކަމަށް ނަހޫ ބުނެފައިވާއިރު، ޝާއިފްގެ ހުނަރުވެރި އެކްޓިން “ހުވާ” އިން ބަލައިލުމަށް ބެލުންތެރިން ތިބޭނީ ކެތްމަދުވެފައިކަމަށް ބެލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
- 31 މެއި 2025ޚަބަރު“ކަމަނާ” ގެ ބޮޑު ކާމިޔާބީއަށް ފަހު، މިފަހަރު “ކަނބުލޮ”
- 31 މެއި 2025ޚަބަރު“ސޮރީ” ފިލްމުގެ ފަރާތުން ބެލުންތެރިންނަށް ވަރުގަދަ އިންޒާރެއް!
- 31 މެއި 2025މަޢުލޫމާތުއަމިއްލަ ގަޔަށް ހިނިއަރުވައިގެން ކާޅު މިކުރަނީ ކޮންކަމެއްކަން އެނގޭތަ؟