މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން ބާއްވަމުން އައި ފިލްމު އެވޯޑްސް މި އަހަރާއި އަންނަ އަހަރު ބޭއްވުމުގެ ހުރިހައި އިންތިޒާމުތަކެއް ހަމަޖައްސައި އެ ހަރަކާތް ހިންގުމަށް އިވެންޓް ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފިއެވެ. ފިލްމު އެވޯޑް އޯގަނައިޒިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އަ ބިސްނަސް ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑް އެވެ.
“އެމްއެފްއޭ ފިލްމު އެވޯޑްސް 4” ބޭއްވުމަށް އޭބީސީ އާއިއެކު ސޮއިކުރުން އޮތީ މިއަދު (01 މާރިޗް 2020)ވަނަ ދުވަހު ސަރފްވިއު ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އެމްއެފްއޭގެ ފަރާތުން ސޮއިކުރީ އެ އެސޯސިއޭޝަންގެ ޗެއަރމަން ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ. އޭބީސީގެ ފަރާތުން ސޮއިކުރީ އޭބީސީގެ އެމްޑީ ސުހާނާއެވެ.
މި ފަހަރުގެ ފިލްމު އެވޯޑަކީ އެންމެ ގްރޭންޑް އަދި އެންމެ ރީތި އެވޯޑް ހަފްލާއަަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް، ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝިވާޒް ފާހަގަކުރިއެވެ. މީގެ ކުރިންވެސް ފާހަގަކޮށްލެވޭ ބޮޑެތި އިވެންޓްތަކެއް އިންތިޒާމުކުމުގެ ތަޖުރިބާ ލިބިފައިވާ ޓީމެއް ހިމެނޭ އޭބީސީގެ އެމްޑީ ސުހާނާ ބުނީ އެމްއެފްއޭ ބޭނުންވާ ފެންވަރުގެ ފުރިހަމަ އެވޯޑަކަށް ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ވާގޮތުން ފިލްމު އެވޯޑް ބޭއްވުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ހިންގުންވަނީ އޭބީސީ އާއި ހަވާލުކުރެވިފައެވެ. އެގޮތުން ފިލްމު އެވޯޑްސްގައި ޝާމިލްކުރަން ޖެހޭ އެހެން ޕާޓްނަރުންނާ އެކު ސޮއިކުރުން ހިމެނެއެވެ. އޭގެ އިތުރުން އެއްމަސް ދުވަހުގެ މުއްދަތަށް ފިލްމު އެވޯޑްސް ޕްރޮމޯޓްކުރުމަށް މީޑިއާ ކެމްޕޭނެއް ހިންގުންވެސް ހިމެނެއެވެ.

“އެމްއެފްއޭ ފިލްމު އެވޯޑްސް 4” ބޭއްވުމަށް އޭބީސީ އާއިއެކު ސޮއިކުރުމުގެ ތެރެއިން – ފޮޓޯ: އެމްއެފްއޭ
ފިލްމު އެވޯޑް ބާއްވާނެ ސީދާ ތާރީޚެއް ނިންމާފައި ނެތްނަމަވެސް، މަސައްކަތްކުރަމުން ދަނީ 16 އޭޕްރީލްގައި އެވޯޑް ހަފުލާ ބޭއްވުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
އޭބީސީގައި ހިމެނޭ މެންބަރުން ކުރިން އެހެން އިވެންޓް ކުންފުންޏެއްގެ ނަމުގައި ވަނީ ‘އޯލްޑް އިޒް ގޯލްޑް ރަންޒަމާން’ މިއުޒިކް ޝޯ އާއި ޣާޒާއަށް އެހީވުމަށް ބޭއްވި ހަރަކާތުގެ އިތުރުންވެސް ބޮޑެތި އިވެންޓްތަކެއް އިންތިޒާމުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
ހަހަހަ! ސުހާނާ ދޯ؟ އަދިވެސް އޭނާ ދަސްނުވޭދޯ؟ ތިޔަށްވުރެ ބޮޑު ފްލޮޕަކަށްވާނެ އިވެންޓެއް މިއަހަރަކު ނާންނާނެ. އިވެންޓް ބޭއްވުނިއްޔާވެސް ރަގަޅު.