ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަނދިރިކަން” އޭދަފުއްޓާއި ދަރަވަންދުއަށް

ސީޒަންގެ އެސް ޕްރޮޑަކްޝަންސް އާއި ޝިވާޒްގެ މާސްކޭ ސްޓޫޑިއޯއިން އުފައްދާފައިވާ ”އަނދިރިކަން“ ފިލްމު، ބ. އޭދަފުށި އަދި ދަރަވަންދޫގައި އެޅުވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މާރިޗް 04 ގައި އޮލިމްޕަހުގައި ރިލީޒްކުރާ ”އަނދިރިކަން“ ފިލްމު ބ. އޭދަފުށި އަދި ދަރަވަންދޫގައި އަޅުވަނީ 06 މާރިޗްގައި ކަމަށް ޝިވާޒް ޢަބްދުﷲ (މާސްކޭ) މުނިއަވަސް އަށް މިއަދު ބުންޏެވެ.

ދަރަވަންދޫ ޝޯވއަށް ޓިކެޓް ނެގުމަށްވެސް ގުޅަން ދީފައިވަނީ 7384040 ނަންބަރެވެ. އޭދަފުށިން ޓިކެޓް ހޯދުމަށް 7702200 އަށް ގުޅުމަށް ޕްރޮޑިއުސަރުން އެދެއެވެ.

ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އާއި ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި އަޙްމަދު ސައީދު ހިމެނެއެވެ.

ފިލްމު ކެމެރާ ކުރީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. ޑައިރެކްޓްކުރީ އަލީ ސީޒަން އެވެ. މިއީ އަޙްމަދު ޒަރީރްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންގެ މޭކަޕް ކުރީ ޒީނަތު އައްބާސް އެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top