ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ ފިލްމެއްގެ ލޯންޗިން ބާއްވަނީ

ކާމިޔާބު ފިލްމުތަކެއް އުފައްދަމުން އަންނަ ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފެއްދުމަށް ތައްޔާރުވަމުން އަންނަ ފިލްމެއްގެ ލޯންޗިން މިމަހު 08ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ޝައި ޕްރޮޑަކްޝަންގެ ފަރާތުން ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނީ ފިލްމުގެ ލޯންޗިންއަށް ހުރިހައި މީޑިއާތަކަށް ދައުވަތު އަރުވާކަމަށެވެ.

ފިލްމުގެ ލޯންޗިން ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 08 މާރިޗް 2020ވާ އާދީއްތަ ދުވަހުގެރޭ 21:00ގައި ރަތްވިލާ ޓެރަސްގައެވެ.

ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން މީގެ ކުރިންވެސް ވަނީ ގިނަ ފިލްމުތަކެއް ހަދާފައެވެ. އެގޮތުން “ނޯޓީ ފޯޓީ” އާއި “ފޯޓީ ޕްލަސް” އަކީ ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަންގެ ކާމިޔާބު އުފެއްދުންތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top