ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗައިނާގައި ހަލުވިކަމާއެކު ދޫނި ރޯގާވެސް ފެތުރެނީ

ހަލުވި ކަމާއެކު ޗައިނާގެ އެކި ޕްރޮވިންސްތަކުގައި ދޫނި ރޯގާ ފެތުރެން ފަށައިފައިވާ ކަމުގެ ރިޕޯޓްތައް ލިބެންފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  ދޫނި ރޯގާ ޖެހިގެން ސިޗުއާން ޕްރޮވިންސްއިން އިއްޔެވެސް 1800 އެއްހާ ދޫނި ވަނީ މަރުވެފައެވެ. އަދި ހުނާން ޕްރޮވިންސް އިންވެސް 4500 އެއްހާ ދޫނި ވަނީ މަރުވެފައެވެ. އަދި އެހެން ޕްރޮވިންސްތަކުންވެސް ދޫނި ރޯގާގެ ކޭސްތައް ރިޕޯޓް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ނުރައްކާތެރި ކޮވިޑް 19 އިން ސަލާމަތް ނުވެވި އުޅެނިކޮށް ދޫނި ރޯގާ ފެތުރެންފެށުމުން ސިއްޙީ ދާއިރާއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ދޫނި ރޯގާ ފެތުރެން ފެށުމާއެކު އާއްމު އިދާރާތަކުންދަނީ ދޫނިތައް ނައްތާލަމުންނެވެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top