ކޮވިޑް-19 އާއި ގުޅިގެން ނަމާދުގެ ބަންގި ބަދަލުކޮށް، “މިސްކިތަށް ނަމާދަށް އަވަހަށް އަންނާށޭ” ގޮވުމުގެ ބަދަލުގައި “ގޭގައި ނަމާދުކުރޭ” ކިޔައި ކުވޭތުގައި ބަންގިގޮވަން ފަށައިފިއެވެ.
ކުވޭތުގެ ކަމާގުޅޭ އިދާރާތަކުން ވަގުތީގޮތުން މިސްކިތްތައް ބަންދުކޮށް ބަންގިއަށް ބަދަލުގެނެސް ގޮވަން ފަށާފައި މިވަނީ ކޮރާނާވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށް ގަލްފު ނިއުސް އިން ރިޕޯޓްކުރެއެވެ.
ކުވޭތުގެ މިނިސްޓްރީ އޮފް އައުގާފް އެންޑް އިސްލާމިކް އެފެއާޒުން މިދިޔަ ހުކުރު ދުވަހު އަންގާފައިވަނީ މިސްކިތްތަކުގައި ކުރަމުން އަންނަ ފަރުޟު ފަސްނަމާދު ކުރުން ކެންސަލްކޮށްފައިވާކަމަށެވެ. މީސްމީޑިއާގައި ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން އިވޭގޮތުން ބަންގީގައި ގޮވަނީ މިސްކިތަށް ޖަމާޢަތަށް ހާޒިރުނުވުމަށެވެ. އެހެން ނަމަވެސް މުދިމުން ބަންގި ދިނުން ކުރިއަށް ގެންދާނެކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެއެވެ. ނަމަވެސް ބަންގީގައި “ނަމާދަށް އަވަހަށް އަންނާށޭ” ކިޔާ ޖުމްލައިގެ ބަދަލުގައި ގޮވަނީ “ގޭގައި ނަމާދުކުރާށޭ” މިހެންނެވެ.
މިގޮތަށް ބަންގި ގޮވި އިރު، މުއައްޒިން ނުވަތަ މުދިމަށް ރޮވޭވަރުން ބަންގި ނިންމައިލެވުނީވެސް ވަރަށް އުނދަގުލުންކަން ފާހަގަކޮށްލެއެވެ.
މިނިސްޓްރީ އޮފް އައުގާފް އެންޑް އިސްލާމިކް އެފެއާޒުން ބުނީ އިތުރު ގޮތެއް އަންގަންދެން އެގޮތަށް ބަންގިގޮވުން ކުރިއަށް ގެންދިއުމަށެވެ.
Incredible videos coming out of Kuwait show Muezzin’s have changed the Adhan (call to prayer) to “pray in your homes.” #Coronavirus #COVID19 pic.twitter.com/EP5Bf4Q1vF
— Faisal | فيصل عيدروس (@faisaledroos) March 13, 2020
މި ދިޔަ މަހު މައްކާ އާއި މަދީނާއަށް އެހެން ގައުމުތަކުގެ މީހުން ދިއުން ސައުދީ އަރަބިޔާއިން ވަގުތީގޮތުން މަނާކުރިއެވެ. އެގޮތުން އުމްރާއަށް ދިއުން މަޑުޖައްސައިލިއެވެ. އެ އެންގުމުގެ ދަށުން މިދިޔަ ހަފުތާގައި ސައުދީ ރައްޔިތުންނާއި ސައުދީގައި ތިބި މީހުންނަށް ވެސް އެ އެންގުން އާއްމުކުރިއެވެ.
މިމަހުގެ 05ވަނަ ދުވަހު ކައުބަތުއްﷲ ގެފުޅާއި، ގެފުޅު ހިމެނޭ ސަރަހައްދު ވެސް ވަގުތީގޮތުން ބަންދުކުރިއެވެ. ވަގުތީ ގޮތުން ކައުބާ ވަަށައިގެންވާ ސަރަހައްދު ބަންދުކުރީ ކޮރޯނާވައިރަހާ ގުޅިގެން، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ކެމިކަލް ޖަހައި، ޖަރާސީމު ފިލުވަން ސްޕްރޭ ކުރުމަށްޓަކައެވެ. އެއަށްފަހު 06ވަނަ ދުވަހު އަލުން އެ ސަރަޙައްދު ހުޅުވައިލިއެވެ. މިސްކިތް ހުޅުވާފައިވިޔަސް، ގެފުޅުގައި އަތްލުން މިހާރުވެސް ވަނީ މަނާކޮށްފައިކަމަށް ގަލްފު ނިއުސް އިން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި