ރާއްޖެއިން ވެސް ކޮވިޑް-19 މިހާރު ފެނިފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ގިނަ ޖިމްތަކާއި ފިޓްނެސް ސެންޓަރުތައް މިއަދު ބަންދުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގެ އިސްވެރިން މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު އެ ތަންތަން ބަންދުކުރަން ނިންމީ، ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެންނެވެ.
ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ބަންދު ކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑް-19 ފެތުރެމުންދާ ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް ވަނީ ޖިމްތައް ބަންދުކޮށްފައެވެ. އެގައުމުތަކުގެ ޖިމްތައް ބަންދު ކުރަން އަންގާފައި ވަނީ ސަރުކާރުންނެވެ.
ކިޔުންތެރިންގެ ޚިޔާލު
