ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިޔާގެ ކުއްޖަކަށް “ކޮރޯނާ” ކިޔައިފި

– ކުއްޖާއަށް “ކޮރޯނާ”ގެ ނަން ދިން ބޮޑުބޭބެ ބުނަނީ ކޮރޯނާގެ ސަބަބުން ދުނިޔެ އެކުވެރިކޮށްފި ކަމަށް
މިދިޔަ އާދީއްތަ ދުވަހު އިންޑިޔާގެ ގޯރަކްޕޫރަށް އުފަންވި އަންހެން ކުއްޖަކަށް “ކޮރޯނާ”ގެ ނަމުން ނަން ދީފިއެވެ. ކުއްޖާއަށް އެ ނަން ކިޔީ އެ ކުއްޖާގެ ބޮޑުބޭބެ ނިތޭޝް ޓްރިޕާތީ އެވެ.

ކުއްޖާގެ ބޮޑުބޭބެ ނިތޭޝް ޓްރިޕާތީ ބުނީ އެ ކުއްޖާއަށް ކޮރޯނާގެ ނަން ކިޔަން ނިންމީ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔެ އެކުވެރިކޮށްފައި ވާތީ ކަމަށެވެ.

ސޮގާރޯ އަވަށަށް އުފަންވި މި ކުއްޖާގެ ވާހަކަތައް ރަށް ގޮވާ އަޑަކަށް (ޓޯކް އޮފް ދަ ޓައުން) އަށް މިހާރު ވެފައިވާކަމަށް ޚަލީޖް ޓައިމްސް އިން ރިޕޯޓްކުރެއެވެ.

ޓްރިޕާތީ ބުނީ ކުއްޖާއަށް އެ ނަން ކިޔުމުގެ ކުރިން ކުއްޖާގެ މަންމަ، ރާގިނީ ޓްރިޕާތީގެ ކިބައިން ހުއްދަ ހޯދާފައިވާކަމަށެވެ.

ކޮރޯނާ ވައިރަހަކީ ވަރަށް ނުރައްކާތެރި، އަދި އެތައް ބައެއް އެ ވައިރަހުން ޖައްސާ ބަލިން މަރުވެފައިވީ ނަމަވެސް، އެ ވައިރަހުގެ ސަބަބުން ދުނިޔެއަށް އެތަކެއް ރަނގަޅު އާދަތަކެއް ގެނެސްދީ ދުނިޔޭގެ ޤައުމުތައް އެކުވެރިކޮށްދީފައިވާ ވައިރަހެއް ކަމާމެދު ދެބަސްވެން ނެތް ވައިރަހެކެވެ.

“މި ކުއްޖާ ވެގެންދާނީ ގޯސްތަކާއި ހަނގުރާމަކުރާ ރައްޔިތުންގެ އެކުވެރިކަން ދައްކައިދޭ ރަމްޒަކަށް.” ޓްރިޕާތީ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top