ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، އެންމެން ގޭގައި މަޑުކޮށްގެން ތިބުމަށް ސަރުކާރުން އިރުޝާދު ދެމުން ގެންދަވާ އިރު، ގޭގައި ހޭދަކުރާ ވަގުތުތައް ފައިދާހުރި ގޮތެއްގައި ހޭދަކުރަން ޖެހެއެވެ. ބަރާބަރަށް ނަމާދުކޮށް، ސުންނަން ނަމާދުތައް ކޮށް، ޤުރުއާން ކިޔެވުމާއި ޒިކުރުކުރުން ގިނަކުރާން ޖެހެއެވެ.
ގޭގައި ތިބެން މި ލިބޭ ވަގުތުތަކުގައި އުނގެނުމުގެ ހަރަކާތްތައް އިތުރުކުރުމަށް އިންޓަނެޓްގެ ވަޞީލަތްތައް ބޭނުންކޮށްގެން ވަގުތުތައް ފުރާލާށެވެ.
ގޭގައި ތިބޭ ކިޔަވާކުދިންނަށް ބޭނުންތެރި ބައެއް ވެބްސައިޓްތައް ހިއްސާކޮށްލާނަމެވެ.
ޑިޒްނީ ނަވަތަ (މަލްޓިޕްލިކޭޝަން) ޓޭބަލް
ޑިޒްނީގެ މިކީ މައުސްގެ ކުޑަކުޑަ އެހީތެރިކަމަކާއި އެކު، މި ނަވަތަ ޓޭބަލްތައް ވަރަށް ފަސޭހަކަމާއެކު ދަރިވަރުންނަށް ފުރާލެވޭނެއެވެ. ހަމަ ގައިމުވެސް މިއީ ޝައުޤުވެރިކަމާއެކު ނަވަތަ ފަރިތަކޮށްލަން ރަނގަޅު ވަޞީލަތަކަށް ވާނެއެވެ. މަސައްކަތު ކަރުދާސް މި ލިންކުން ޑައުންލޯޑްކޮށްލާށެވެ.
ގްރޭޓް ސްކޫލްސް
މިއީވެސް ދަރިވަރުންނަށް ބޭނުންވާނެ ފައިދާހުރި މަސައްކަތު ކަރުދާސް ޑައުންލޯޑްކޮށްލެވޭނެ ވަޞީލަތެކެވެ. ގްރޭޓްސްކޫލްސް ޑޮޓް އޯރގް އަށް ފިއްތައިލާ މަސައްކަތު ކަރުދާސް ޑައުންލޯޑްކޮށްލާށެވެ.
އެޑިއުކޭޝަން ޑޮޓް ކޮމް
މަސައްކަތު ކަރުދާސްތަކާއި ޕްރިންޓްކޮށްލެވޭނެ އިތުރު ވަޞީލަތްތައް ހޯދައިލުމަށް މިއީވެސް ރަނގަޅު ވެބްސައިޓެކެވެ. މި ލިންކުން އެޑިއުކޭޝަން ޑޮޓް ކޮމް ވޯރކްޝީޓްސް ޑައުންލޯޑްކޮށްލާށެވެ.
ސްކޯލާސްޓިކް ލާރން އެޓް ހޯމް
ޕްރީ-ކޭ – 09ވަނަ ގްރޭޑް
މިއީ ޕްރީ-ކޭ އިން ފެށިގެން 09ވަނަ ގްރޭޑް ނިޔަލަށް ހިމެނޭ ދަރިވަރުން ގޭގައި ތިބެގެން ހެދިދާނެ އެއް ދުވަހުގެ މުއްދަތުގެ ކުރި ކޯސްތަކެއް ހިމަނާފައިވާ ވެބްސައިޓެކެވެ. ސްކޯލާސްޓިކް ޑޮޓް ކޮމް އަށް ވަދެ އަޖުމަ ބަލައިލުން ކިހިނެއްވާނެ ހެއްޔެވެ؟
އޭބީސީމައުސް ޑޮޓް ކޮމް
މިއީ އުމުރުން 02 އަހަރާއި 08 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްޞަ ފުލް އޮންލައިން ކަރިކިއުލަން ހިމެނޭ ވެބްސައިޓެކެވެ.
މި ލިންކުން އޭބީސީމައުސް ޑޮޓް ކޮމް އަށް ވަދެވޭނެއެވެ.
އެޑްވެންޗަރ އެކެޑަމީ
މިއީ އުމުރުން 08 އަހަރާއި 13 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ޚާއްޞަ މަންސައެކެވެ.
އެޑްވެންޗަރއެކެޑަމީ ޑޮޓް ކޮމް އަށް މި ލިންކުން ވަދެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!



