ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާފިއުގެ ވަގުތުގައި 95 މީހަކަށް ނަސޭހަތްދީފި

އިއްޔެ މާލޭގައި ކާފިއު ހިންގި ވަގުތުގައި މުޅިއެކު 95 މީހަކަށް ނަސޭހަތް ދެވިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކުރައްވައިފިއެވެ.

ރޭ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކާފިއު ހިންގުނު ވަގުތު މުޅިއެކު 95 މީހަކަށް ނަސޭހަތް ދެވިފައިވާކަމަށާއި އޭގެތެރޭގައި 82 ދިވެހިން ނާއި 13 ބިދޭސީން ހިމެނެއެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖެއިން ވެސް ފެނިފައި ވާތީ އިއްޔެެއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17.00 އިން ރޭގަނޑު 20.00 މާލޭގައި ކާފިއު ހިންގުމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން ވަނީ ނިންމާފައެވެ. މި ވަގުތު ތަކުގައި މަގުމަތީގައި އާންމުން އެއްވެ އުޅޭޅުންތަކާ ދޭތެރޭގައި ފިޔަވަޅު އެޅޭނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައި ވެއެވެ. އެގޮތުން މި 3 ގަޑިއިރު ތެރޭގައި މަގުމަތިން ފެންނަ ފަރާތްތަކަށް ނަސޭހަތް ދެވޭނެ ކަމަށާއި ނަމަވެސް އެކަން ތަކުރާރު ވާނަމަ އެ ފަރާތްތައް 1000 ރުފިޔާގެ ޖޫރިމަނާ އެއް ކުރެވޭނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެނގުން އަންގައިފައިވާއިރު މި ގަޑިތަކުގައި އެއްގަމު އުޅަދުފަހަރާއި ބަހާއި ފެރީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ. އެހެންނަމަވެސް މިކަމުގައި ބައެއް ފަރާތްތައް އިސްތިސްނާ ވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top