އުމުރުން އެއް އަހަރު! އަމިއްލަ 13 ލަވަ! އައު ތިން ފަންނާނުން! ޖުމްލަ 7 އާޓިސްޓުން!
މިދެކެވެނީ 01 އޭޕްރިލް 2019ގައި ވުޖޫދަށް އުފަންވި ރެކޯޑް ލޭބަލްއެއްގެ ވާހަކައެވެ. ޝައްކު، ސޮރީ ހަނީ، ރަންނަ މާރި، ވަގުތު، މާޔޫސް، މާޒީ (ވަގުތު 2)، މަލާމާތް އަދި އުޑުން ތަރިތައް ފަދަ ތަފާތު ހިޓު ލަވަތައް އަޑުއެހުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އިއްޔަ ރެކޯޑްސްގެ ވާހަކައެވެ.
އިއްޔަ ރެކޯޑްސް މިވަނީ މިވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި މިއުޒިކްގައި ފައިހިއްޕާލާފައެވެ. އިއްޔާ ރެކޯޑްސްގެ ނަން ނޭނގޭ ބަޔަކު މިރާއްޖޭގައި މިހާރު މަދުވާނެއޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. އިއްޔާ ރެކޯޑްސް މިހާ ބޮޑު ކުރި އެރުމެއް ކުރު މުއްދަތެއްގެ ތެރޭގައި ހޯދީ ކިހިނެއްތޯ ސުވާލުކޮށްލުމުން އިއްޔާ ރެކޯޑްސްގެ ކުރީގެ އަދި މިހާރުގެ ސީ.އީ.އޯ އައިޝަތު އުލްޔާ މުސްތާޤު އާއި އަހުމަދު ފަތީން އަލީ ބުނި ގޮތުން މީގެ ސިއްރަކީ މިހާރު ދެ ލޭބަލް (އިއްޔާ ރެކޯޑްސް އަދި ޑީބީ ރެކޯޑްސް)ގެ ބާނީ ކަމައްވާ މުސްތާޤު މޫސާގެ ދުރު ވިސްނުމާ ހުނަރުވެރިކަން ކަމަށެވެ.
އިއްޔާ ރެކޯޑްސް އަދި ޑީބީ ރެކޯޑްސްގެ ހުރިހާ އާޓިސްޓުންނަކީވެސް އެއް އާއިލާ އެއްގެ ގޮތުގައި އެކުވެރިކަންމަތީ މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެއްވެސް އަގަކާ ނުލާ އާޓިސްޓުން މިއުޒިކީ ދުނިޔޭގެ ތެރެއަށް ނެރެދީ އެމީހުންގެ ހުނަރު މުޅި ރާއްޖެ އަށް ދައްކުވައިދިނުމުގެ ފުރުސަތު އަންނަނީ މި ލޭބަލްގެ ފަރާތުން ފޯރުކޮށްދެމުންނެވެ.
މިގޮތުން މިއަހަރު ވެސް އައު ތިން މޫނެއް ތައާރަފްކުރާނެ ކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ލޭބަލް އިން ދީފައެވެ. މިދެ ލޭބަލްގެ ފައުންޑަރ މުސްތާޤް މޫސާ ވަނީ މި ކުރިއެރުމުގެ ފަހަތުގައި ވީ އުލްޔާ، ފަތީން، ކޮމްޕޯސަރ ޝާޒް ސައީދް، ހަމޫދް، މާއިޝް އަދި އޮން ލައިން މީޑިއާ ޕާޓްނަރ ކަމުގައިވާ މުނިއަވަސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ދެ ރެކޯޑް ލޭބަލްގެ ވެސް މީޑިއާ ޕާޓްނާ ކަމުގެ ފަޚުރުވެރިކަން ލިބިފައިވާ މުނިއަވަސްގެ ފަރާތުން ވެސް އިއްޔާ ރެކޯޑްސް އަށް އުފަން ދުހުގެ ތަހުނިޔާ އަދާ ކުރަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
އުފަންދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ އަރިސް ކުރަން. އިއްޔާ ތީ މޭން އެކޭ!